23 Nov 2011, 22:24
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި އެރަށްރަށުގައި ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެ އެވެ.