ކ. ކުޑަހިތީގައި ހިންގާ ކޮކޯ ޕްރިވޭ ކުޑަހިތި އައިލެންޑް ވިއްކާލަން ނިންމައިފި އެވެ.

އެ ރިސޯޓްގެ ލީސް އެގްރިމެންޓުގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމަށް ޓޫރިޒަމްގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

ލީސް އެގްރިމެންޓުގެ ދަށުން ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދެނީ ރިސޯޓު ވިއްކާލުމަށެވެ.

ޓޫރިޒަމް އިން މިއަދު ކުރި އިއުލާނުގައި ވަނީ ކޮކޯ ޕްރިވޭ ކުޑަހިތި އާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ، ދެ ހަފްތާ ތެތޭ އެކަން ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމުން އެންގުމަށެވެ.

ކޮކޯ ޕްރިވޭއަކީ ކޮކޯ ކަލެކްޝަނުން ހިންގާ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓުގެ ރިސޯޓެކެވެ.