އެމެރިކާގެ ކޭއެސްއެލް ކެޕިޓަލް އިން ސޮނޭވާ ކުންފުނީގެ ހިއްސާ ގަނެފި އެވެ.

ރާއްޖޭގެ އިތުރން އޭޝިއާ ސަރަހައްދުގައި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ސޮނެވާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކޭއެސްއެލް އިން އެކުންފުނީގެ ހިއްސާ ގަތުމާއެކު 2014 ވަނަ އަހަރު ސެއިލިން ކެޕިޓަލް އިން ގަނެފައިވާ ސޮނޭވާގެ ހިއްސާ އެ ކުންފުނިން ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖޭގައި މަތީ ފަންތީގެ ދެ ރިސޯޓު ހިންގާ ސޮނޭވާ އިން ބުނީ ކޭއެސްއެލް އިން ކުންފުނީގެ ހިއްސާ ގަތް ނަމަވެސް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަކީ އަދި ވެސް ކުންފުނީގެ ފައުންޑަރުން ކަމަށްވާ ސޯނޫ ޝިވްދަސާނީ އަދި އޭނާގެ އަންހެނުން އީވާ ޝިވްދަސާނީ ކަމަށެވެ.

ރާއްޖޭގައި ސޮނެވާ ފުށި އަދި ސޮނެވާ ޖާނީގެ ނަމުގައި އެ ކުންފުނިން ދެ ރިސޯޓު ހިންގައިރު ތައިލެންޑުގައި ވެސް ސޮނޭވާގެ ރިސޯޓު ހިންގަ އެވެ.

އެކުންފުނީގެ ރިސޯޓުތަކަކީ އިކޯ ފްރެންޑްލީ ގޮތްތައް ޕްރެކްޓިސް ކުރާ ދެމެހެއްޓެނިވި ޓޫރިޒަމަށް ހިތްވަރުދޭ ރިސޯޓުތަކެކެވެ.