23 Nov 2011, 22:21
ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ގައިޑުންނަށް ދެއްވާ އެންމެ ޝަރަފްވެރި ބެޖް "ޕްރެޒިޑެންޓްސް ބެޖް"، ހިރިޔާ ސްކޫލްގެ ޖައުޒާ ޚަލީލަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ބެޖް ދެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބެޖް ޙާޞިލުކުރި ޖައުޒާ ޚަލީލަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވި އެވެ. އަދި ބެޖް ޙާޞިލުކުރުމަށްޓަކައި ޖައުޒާ ކޮށްފައިވާ ބުރަ އަދި ފަޚުރުވެރި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ޖައުޒާ ޚަލީލަކީ 2010 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ގްރޭޑް 10 ނިންމި ދަރިވަރެކެވެ.