27 Nov 2019, 09:28
މަޝްހޫރު ކޭޕޮޕް ބޭންޑު ކަމަށްވާ އެކްސްއޯގެ އާ އަލްބަމް ޓީޒަރު އާންމުކުރުމާ އެކު ފޭނުން މުޅި ސޯޝަލް މީޑިއާ ފުރާލައިފި އެވެ.
އެކްސްއޯގެ ރިކޯޑް ލޭބަލް އެސްއެމްޓައުން އިން ދާދި ދެންމެ އަކު ވަނީ އެ ބޭންޑުގެ އެންމެ ފަހުގެ އަލްބަމް "އޮބްސެޝަން"ގެ ޓީޒަރެއް އާންމުކޮށްފަ އެވެ. އެއާ އެކު އެ ލަވައާ ގުޅޭ ގޮތުން ހުރިހާ ފޭނުންހެން ވަނީ ހިޔާލު ފާޅުކުރަން ފަށައިފަ އެވެ.
އެކްސްއޯގެ ފޭން ބޭސް ވަރުގަދަކަން މުޅި ސޯޝަލް މީޑިއާއިން ވެސް އެނގޭނެ އެވެ. މިވަގުތު ޓުވިޓާގެ އެންމެ ގިނަ ޓްރެންޑުތަކުގައި ދައްކަނީ އެކްސްއޯ އާއި އޮބްސެޝަންގެ ވާހަކައެވެ.
ގިނަ ފޭނުން މަސައްކަތް ކުރަމުން ދަނީ އެ ޓީޒަރުން ބުނެދެނީ ކޮން ވާހަކައެއްކަން ބެލުމަށެވެ.
އޮބްސެޝަން އަކީ އެކްސްއޯގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް އެވެ. އެ އަލްބަމް ނެރުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
ގިނަ ފޭނުން ގަބޫލުކުރާ ގޮތުގައި އެ އަލްބަމް އަކީ ރެކޯޑުތަކެއް މުގުރާނެ އަލްބަމެއް ކަމަށެވެ.