26 Nov 2019, 22:50
ޚާއްސަ ޕްރޮމޯޝަނަކާއެކު މެކްސްކޮމް ޓެކްނޮލޮޖީސްއިން ވާވޭ ނޯވާ 5ޓީ ސީރީޒްގެ ސްމާޓްފޯނު ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.
ވާވޭގެ މިޑް ރޭންޖް ސްމާޓްފޯނު، ނޯވާ 5ޓީ ސީރީޒްގެ ސްމާޓްފޯނުތައް މެކްސްކޮމްއިން ރާއްޖޭގައި ވިއްކަން ފެށީ ފަރީދީމަގުގައި ހުންނަ މެކްސްކޮމްގެ ފިހާރައިގައި އެކަމަށް ޚާއްސަކޮށް ބޭއްވި އިވެންޓެއްގައެވެ.

މެކްސްކޮމްއިން ވާވޭ ނޯވާ 5ޓީ ތައާރަފު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް
މެކްސްކޮމްއިން ބުނީ އަލަށް ތައާރަފުކުރި ފޯނަށް ޚާއްސަކޮށް ފެށި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ވާވޭ ނޯވާ 5ޓީއަކާއެކު ވާވޭ ބޭންޑް 4 ސީރީޒްގެ ސްމާޓްވޮޗެއް ލިބޭނެ ކަމަށެވެ.
ވާވޭ ނޯވާ 5ޓީގެ ބައެއް ސިފަތައް
ފަސް ކެމެރާ (ސެލްފީ ކެމެރާއާއެކު)
- ސްޓޯރޭޖް ކެޕޭސިޓީ: 128 ޖީބީ
- ރެމް: 8 ޖީބީ
- ބެޓަރީ: 3750 އެމްއޭއެޗް
މީގެ އިތުރުން ވާވޭ ނޯވާ 5ޓީގައި ހިމަނާފައިވާ ސުޕަ ފާސްޓް ޗާޖިންގ ފީޗާއާއެކު 30 މިނެޓުގެ ތެރޭގައި 60 ޕަސެންޓާ ހަމައަށް ޗާޖުކޮށްލެވޭނެއެވެ.
އެހެން ފޯނުތަކާ ޚިލާފަށް މި ފޯނުގައި ފިންގަޕްރިންޓް ސެންސަރު ހުންނަނީ ފޯނުގެ އަރިމަތީގައެވެ. މިއީ އެއް އަތުން ފޯނު އަންލޮކްކުރަން ފަސޭހަކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.
މެކްސްކޮމްއިން ވާވޭ ނޯވާ 5ޓީގެ ތިން ކުލަ (ބްލެކް، މިޑްސަމާ ޕަރޕްލް، ކްރަޝް ބްލޫ) ވިއްކަން ފަށާފައިވާއިރު، އެ ފޯނުތަކަށް ކަނޑައަޅާފައިވާ އަގަކީ 7،299 ރުފިޔާއެވެ.
މެކްސްކޮމް ޓެކްނޮޮޖީސްއަކީ ވާވޭ ބްރޭންޑުގެ އިތުރުން ޑެލް ބްރޭންޑުގެ ވެސް ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.