ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓާ އޯޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ލޯނު އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތަށް ސައުދީ ފަންޑުންދޭ އެހީގެ ދަށުން 47 މިލިޔަން ރިޔާލް ]12.5 މިލިޔަން ޑޮލަރު[ގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޭ ލޯނަކީ އެއް ޕަސެންޓް އިންޓަރެސްޓާ އެކު 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ފަސް އަހަރުގެ ގްރޭސްޕީރިއަޑަކާ އެކު ދޭ ލޯނެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ލޯނުގެ އެއްބަސްވުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމެވެ.