ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔުން ހަފްތާއެއްހާ ދުވަހަށް ލަސްކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ނޮވެމްބަރު ނިމުމުން މަޖިލީހުގެ ޗުއްޓީ ފެށޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން ޗުއްްޓީ ޑިސެމްބަރު ފަހަކާ ހަމައަށް ދިގުކޮށްލުމަށް ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ދައުރު ދިގު ކުރުމަށް މަޖިލީހުގެ 45 މެމްބަރުން ވަނީ މިއަދު ވޯޓު ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭހައި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމާއި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޭތުވެ ދިޔަ ދައުރުވެސް ވަނީ ދައުރު އިތުރަށް ޖަލްސާތަކެއް ބާއްވާފަ އެވެ. އަދި ދައުރުން ބޭރުންވެސް ޖަލްސާތަކެއް ބާއްވާފައިވެ އެވެ.