އަންނަ އަަހަރު ކުރީކޮޅު ތިލަފުށިން ދުން އެރުން ހުއްޓުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ތިލަފުށި ކުނިގޮނޑު މެނޭޖްކުރަން ލޭންޑްފިލް ކޮމްޕެކްޓަރު ގެންނަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކޮމްޕެކްޓަރު މެޝިން ގެނެވުނުހާ އަވަހަކަށް ކުނގޮނޑު ސާފުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އެކަމަށް އިތުރު މެޝިނަރީތައްވެސް ބޭނުންވާތީ އެ މެޝިންތައް ގަތުމަށް ކުރަން ޖެހޭ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"ތިލަފުށީގައި ގާއިމްކުރެވޭ ކުނި ރިސައިކަލްކޮށް އޭގެން ބޭނުންކުރެވޭނެ ބައިތައް ނަގާ އެ އެއްޗެތި އަލުން ބޭނުންކުރެވޭނެ. ކުނިގޮނޑު މިހާރު އޮތް ގޮތުން އޭގެ ބައިތައް ރިސައިކަލް ކުރުމަށްޓަކައި އަދި ފުރޭނުމަށްޓަކައި އަދި ރިސައިކަލް ކުރުމަށްޓަކައި މެޝިން އެބަ ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ތިލަފުށީގައި އޮތް ކުނީގެ މައްސަލަ ވަގުތީގޮތުންވެސް ހައްލުކުރެވޭނީ ކުނގޮނޑު ފުރާނައިގެން އޭގެ ތެރޭގައި ހުންނަ ވެއްޔާއި އެހެން ބާވަތްތައް ވަކިކުރަން މެޝިންނަރީތައް ގެނެސްގެންކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަންނަ އަހަރު ކުރީކޮޅު ތިލަފުށިން ދުން އެރުމުގެ ކަންތައް ނިމުމަކަށް ގެންނާނަން ވޭސްޓް ފެސިލިޓީސްތައް ގާއިމްކޮށް އެކަން ފުރިހަމަކުރެވޭނެ. އެކަމަށް ގާތްގަނޑަކަށް މުޅި ފެސިލިޓީސްތައް ގާއިމްކުރަން ހަތަރު އަހަރު ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތިލަފުށީގައި ހުރި ކުނިގޮނޑުގައި ހުރީ، ކުނީގެ މައްޗަށް ކުނި އަޅާފައި ކަމަށެވެ. އަދި އެހާ އުސްކޮށް ކުނިގޮނޑު އޮންނަނީ އެހެންވެ ކަމަށާއި ވާރޭ ވެހުނަސް މިހާރުވެސް ކުނި ގޮނޑުގެ އަޑީގައި އޮންނަނީ ރޯވެފައި ކަަމަށެވެ. އެހެންކަމުން ދުން އެރުން ހުއްޓުވުމަށް ޓަކައި، އަޅުގަނޑުމެން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަަކީ ކުނިގޮނޑު ފުރޮޅައި އޭގެ އަޑީގައި އޮތް އަލިފާންގަނޑު ނިއްވާލުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިިނިސްޓަރު ވިދާޅުވީ ތިލަފުށީގެ ކުނިގޮނޑު ފުރޮޅާ ސާފުކުރާއިރު ބަލާނީ އޭގެ ތެރޭގައި ހުރި ކުނީގެ ބާވްތަތްތައް ފުރާނަން ކަމަށެވެ.

"އޭގެ ތެރޭގައި އެބައުޅޭ ގާތްގަނޑަކަށް އެކްސްޕާޓުން މިބުނަނީ ގާތްގަނޑަކށް 60 ޕަސެންޓްހާވަރު އެއީ ވެއްޔޭ. ވެލީގެ ބައި ނެގީމަ ކުނިގޮނޑު ކުޑަވާނެ. ދެން ހުންނާނީ ދަޅާ މައުދަނުގެ ބާވަތްތަކާ ދަގަނޑުގެ ބާވަތްތަކާ އަދި ލަކުޑިއާ ޕްލާސްޓިކާ ފޮއްޗާ މިކަހަލަ ބާވަތްތައް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުނިގޮނޑު ފުރާނާއިރު އޭގެ ތެރެއިން ފަހުން ބޭނުންކުރެވިދާނެ ބާވަތެއް ހުރެއްޖެނަމަ އެ އެއްޗެތި ބޭނުންނުކުރެވެންވީ ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދަގަނޑުގެ ބާވަތްތައް ބޭރަށް ފޮނުވިދާނެ ކަމަށާއި އަދި ލަކުޑި ދެވަނަ ފަހަރަށްވެސް ދަރުގެ ގޮތުގައިވެސް ބޭނުންކުރެވިދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދެން އިންސިނިރޭޓަރަށް އެޅުމަށްޓަކައި ބޭނުންކުރެވިދާނެ ކުނީގެ ބާވަތްތައް އަޅުގަނޑުމެން ބެއިލް ކުރާނީ އޭގެ މާނައަކީ ބަންޑެލް ކުރާނީ ބަންޑެލް ކޮށްފައި އެއްޗެތި މިހާރުސް ތިލަފުށީގައި އެބަހުރި އެހެންވީމާ އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން ކުނި ގޮނޑުގައި އެތާ އޮންނަން ޖެހޭ ބައި ނިސްބަތުން ވަރަށް ކުޑަވާނެ." މިނިސްޓަރު ވިދާޅުވި އެވެ.