26 Nov 2019, 17:19
ދެހާސް ތިން ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ހަންގާމާ"ގެ ސީކުއަލްއެއް ގެނެސްދޭން ނިންމައިފި އެވެ.
ޑައިރެކްޓަރު ޕްރިޔާ ދަރުޝަން އުފައްދި އެ ފިލްމުގެ ސީކުއަލެއް ގެނެސްދޭކަން މިހާރު ވަނީ ފިލްމުގެ ޓީމުން އިއުލާންކޮށްފަ އެވެ.
ޕްރިޔާ ބުނީ އެ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މި ފަހަރުގެ ފިލްމުވާނީ ކުރީގެ ފިލްމާ އަޅާ ބަލާއިރު މާބޮޑުތަން ވެސް ރަނގަޅު ފިލްމަކަށް ކަމަށެވެ. އަދި މިހާރު ފިލްމުން ފެނިގެންދާ ކާސްޓުންވެސް ފައިނަލް ކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ދެހާސްތިން ވަނަ އަހަރު ނުކުތް އެ ފިލްމުގެ ލީޑުގައި ހަރަކާތްތެރިވި ތަރިންނަކީ އަކްޝަޔޭ ކަންނާ، ރިމީ ސެން އަދި އަފްތާބް ޝިވްދަސާނޫ އެވެ.
މިފަހަރުގެ ސީކުއަލްގައި އަކްޝަޔޭ އާއި ރިމީ ނުފެންނާނެ އެވެ. ފިލްމުގައި ހަރަކާތްތެރިވާނެ އިތުރު ތަރިންނަކީ ޝަކްތީ ކަޕޫރާއި ޕަރޭޝް ރާވަލް އަދި ރާޖްޕަލް ޔާދަވް އެވެ.