25 Nov 2019, 19:53
މިހާރު ކުރިއަށްދާ ފަންނު އެކްސްޕޯގައި ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ބްރޭންޑުގެ ބާވަތަކަށް ވަނައެއް ލިބި، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފެށި ފަންނު އެކްސްޕޯގައި މާންދޫ މަސްދަޅު ބްރޭންޑުގެ ތެރެއިން 'ޓޫނާ އެންޑް ގާލިކް އިން އޮއިލް" އަށް މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުމުގެ ކެޓަގަރީން 2 ވަނަ ވަނީ ލިބިފަ އެވެ.
ހޮރައިޒަން ފިޝަރީޒްގެ އެސިސްޓެންޓް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގް އިބްރާހިމް ވިޝާމް 'ސަން' އަށް ވިދާޅުވީ މާންދޫ މަސްދަޅަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށާއި އެ އުފެއްދުމުގެ އާ ފަސް ބާވަތެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

މާންދޫ މަސްދަޅުގެ ބާވަތްތަކުގެ ތެރެއިން އަލަށް ތައާރަފްކުރި ބާވަތްތައް-- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލް ހާދީ
އޭގެ އިތުރުން އެ އެކްސްޕޯއަކީ ވެސް ވަރަށް ރަނގަޅު އެކްސްޕޯއެއް ކަމަށާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އެ އެކްސްޕޯއަށާއި ހޮރައިޒަންގެ ސްޓޯލްއަށް ލިބެމުންދާ ކަމަށް ވިޝާމް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު އެކްސްޕޯއެއް މިއީ. އަޅުގަނޑުމެންގެ ސްޓޭންޑަށް ވެސް ދުވާލަކު 300-700 ވަރަކަށް މީހުން އާދޭ ކޮންމެ ދުވަހަކު ވެސް." ވިޝާމް ވިދާޅުވި އެވެ.

ފަންނު އެކްސްޕޯ 2019 ގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ ސްޓޯލް-- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލް ހާދީ
މާންދޫ މަސް ދަޅުގެ އިތުރުން ފަރުމަސް، ކަނޑު މަސް އަދި ސީފުޑްގެ އިތުރުން ހޮރައިޒަން ފިޝަރީޒްގެ އެހެން އުފެއްދުންތައް ޗާނދަނީ މަގު އަރަބިއްޔާ ސްކޫލް ކައިރީގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ ސީފުޑް ޕްލަސް ފިހާރައިން ލިބޭނެ އެވެ.