ފުރަތަމަ ޑިވިޒަންގެ އަށް ޓީމް ވާދަކުރާ ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު ދެ މެޗު ކްލަބު ޕީކޭ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބު ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް ކުލަބް ޕީކޭއިން ކާމިޔާބު ކުރީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ޕީކޭއިން ކާމިޔާބު ކޮށްފައި ވަނީ، 25-14، 25-23 އަދި 25-19 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކުލަބް ޕީކޭގެ ބިދޭސީ ކުޅުންތެރިޔާ އެސްއޭ ޖަނަތެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް އެސްޓީއޯ އިން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ގްޑީސްއާ ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން ނެވެ.

މެޗްގެ ސެޓްތައް ދެޓީމުން ގެންގޮސް ފައިވާގޮތަށް ބަލާއިރު، ފުރަތަމަ ދެސެޓް އެސްޓީއޯ އިންގެންދިޔައީ 25-20، އަދި 25-22 އިންނެވެ. އަދި މެޗްގެ ތިން ވަނަ ސެޓް ގްޑީސް އިން ކާމިޔާބު ކުރީ 23-25 އިންނެވެ. ފަހު ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-10 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްޓީއޯގެ ސަމީމެވެ.
މިހާތަނަށް ކުޅެވުނު މެޗްތަކުގެ ނަތީޖާއަށް ބާލާއިރު، ތާވަލްގެ އެންމެ ކުރީގައި ނުވަ ޕޮއިންޓާއެކު މިވަގުތު އޮތީ އިއްޔެގެ މެޗް ކާމިޔާބުކުރި ޕީކޭ އާއި ހުސްވި އަހަރުގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ކުލަބް އަދި ޕޮލިސް ކުލަބެވެ. އަދި ތާވަލްގެ ދެ ވަނާގައި ހަތް ޕޮއިންޓާއެކު އޮތީ އިއްޔެ މެޗުން މޮޅުވި އެސްޓީއޯ އެވެ. ތިން ވަނާގައި އޮތީ ހަތަރު ޕޮއިންޓާ އެކު އޮތް ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ނާވައިދޫ އާއި ގުޑީސް އަދި ސިޓީ އޮޓީ ތިން ޕޮއިންޓާ އެކު އެވެ.

ލީގުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ ކަސްޓަމްސްއާ އާއި ދިވެހި ސިފައިންގެ ކްލަބެވެ. އަދި މިރޭ 8:30 ގައި ބައްދަލު ކުރާ ދެ ޓީމަކީ ޕޮލިހާއި ސިޓީ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.