25 Nov 2019, 12:42
ރޭޑިއޭޝަނުން ހަށިގަނޑަށް ނުރައްކާވާ މިންވަރު ދައްކުވައިދޭ ރޭޑިއޭޝަން ބެޖް ނުވަތަ ޕާސަނަލް ޑޮސިމީޓަރު އައިޖީއެމްއެޗުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އެ ބެޖް ތައާރަފްކުރީ އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޑީޕާޓްމަންޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ބެޖްއަކީ ރޭޑިއޭޝަންއާ ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުންނަށް ރޭޑިއޭޝަންއަށް އެކްސްޕޯސްވާ މިންގަނޑު ދައްކުވައިދޭ ބެޖެކެވެ. އަދި އެ ބެޖް ތައާރަފްކުރުމުން އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުރައްކާތެރިކަމެއް ލިބިގެންދާނެ ކަަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ މުވައްޒަފުންގެ ރައްކާތެރި ކަމަށް ފިޔަވަޅު އަޅައި ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.
އޭގެ އިތުރުން ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމަށް "ނެޝަނަލް އެކްރިޑޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތުކެއާ ޕްރޮވައިޑާސް"ގެ މިންގަނޑުތަކާ އެއްވަރަށް އަައިޖީއެމްއެޗްގައި ހިދުމަތްތައް މިޙާރު ރަނގަޅުކުރަމުންދާ ކަމަށެވެ.