ފެންޓަސީ ބޭކަރީ އާއި ފެންޓަސީ ސްޓޯރާ ބެހޭ ގޮތުން ހަގީގަތް އޮޅުވާލައި ސިޓީ ކައުންސިލްގެ މެންބަރުންނަށް މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި އަމިއްލަ އަށް ކަންކަން ނިންމުގެ ތުހުމަތުގައި ކައުންސިލް މެންބަރު ޖަންބު ހަސަން އަފީފާ ބެލެހެއްޓުމަށް ހަވާލުކޮށްފައި ޕަބްލިކް ހެލްތުގެ މަސައްކަތުން އޭނާ ސަސްޕެންޑްކޮށްފި އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެމްޑީޕީ އަށް ނިސްބަތްވާ އަފީފާ ދެކޮޅަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް އެމްޑީޕީ އަށް ނިސްބަތްވާ، ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ކަމަށެވެ. އަދި އޭނާގެ އެ ހުށަހެޅުއްވުމުން ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ތާއީދު ކުރެއްވި ކަމަށެވެ.
ސަން އަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ފެންޓަސީ ބޭކަރީ 6،500ރ. އިން ޖޫރިމަނާ ކުރީ ވެސް ހަސަން އަފީފު އަމިއްލަ އަމިއްލަ އަށް ކަމަށާއި ފެންޓަސީ ސްޓޯރުން ފެނުނު މުއްދަތު ހަމަވެފެފައިވާ ތަކެތީގެ ތަފުސީލު ވެސް ހަސަން ކައުންސިލް މެންބަރުންނަށް ފުރިހަމަ އަށް ނުދެއްވާ ކަމަށެވެ.

ހަސަން އަފީފާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާއާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު މިއަދު ވިދާޅުވީ ކައުންސިލުން ނިންމީ ކޮން ކަމެއް ކަން އޭނާ އަދި މިއަދު އެނގިޑައި ނުގަންނަވާ ކަމަށާއި މިއަދުގެ ބައްދަލުވުން ޗެއާ ކުރެއްވީ ނައިބު ރައީސް ކަމަށެވެ.

ކުރިން ހެލްތު މިނިސްޓްރީގެ ފްޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބަލަހައްޓަމުން އައި ޕަބްލިކް ހެލްތާ ގުޅޭ ކަންކަން، އެޔުނިޓް ކައުންސިލްގެ ދަށަށް އައުމަށް ފަހު، މިހާތަނަށް ބަލަހައްޓަމުން އައީ އަފީފާ ހަވާލުކޮށްގެންނެވެ.