24 Nov 2019, 22:14
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުންގައި ތިން ބޭފުޅުން އައްޔަނުކޮށް ކޮށްފި އެވެ.
މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރިސާޗް އެންޑް އިނޮވޭޝަންގެ ޑެޕިއުޓީ ވައިސް ޗާންސެލާއަކަށް އައްޔަނުކޮށްފައިވަނީ ޑރ ދީބާ މޫސާ އެވެ. އަދި އެކެޑެމިކް ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް އައްޔަނުކޮށްފައި ވަނީ ޑޜ ސައުދުﷲ އަލީ އެވެ. އޭގެ އިތުރުން އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑެޕިއުޓީ ވައިސް ޗާންސެލާއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު މާހިދު ޝަރީފު އެވެ.
އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންނަށްވެސް ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އައިޔޫއެމްއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން އައިޔޫއެމްގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އެ ގާނޫނަށް އިސްލާހު ގެނެސް ތަނަށް ވެރިން ވަނީ އަލުން އައްޔަނުކޮށްފަ އެވެ.