25 Nov 2019, 08:32
އެމެރިކާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް އެމިލީ ރަޓައިއޮވްސްކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ތަފާތު ފިލްމުތަކުން ފެނިގެން ގޮސްފައިވާ މޮޑެލް އެމިލީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މިއަދު ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ. އެ ޗުއްޓީއަކީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގެ ޕެއިޑް ޕާޓްނާޝިޕެއްގެ ދަށުން އެމިލީ ހޭދަކުރާ ޗުއްޓީއެކެވެ.
އެމިލީގެ ޗުއްޓީގެ ވާހަތައް އޭނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ނަގާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ރާއްޖެ ސިފަކޮށްފައިވަނީ "ހެވެންލީ ޕްލޭސް"އެއްގެ ގޮތުގައެވެ.
އެ ޗުއްޓީގައި އެމިލީ އާއެކު އޭނާގެ ފިރިމީހާ ސެބާސްޓިއަން ބެއަ-މެކްލާޑްވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.