ލާއިންސާނީ އަނިޔާއާ ހުއްޓުވައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖޭގެ ކޮމިޝަންތައް ފެއިލްވެފައިވާ ކަމަށާއި އެ ކޮމިޝަންގެ ޒިންމާތައް އަދާކޮށްފައި ނުވާ ކަމަށް ލާއިންސާނީ އަނިޔާއާ ދެކޮޅަށް އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވިދާޅުވެއްޖެ އެވެ.

ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ރާއްޖޭގެ ހާލަތު މިން ކުރުމަށް އދ. ގެ ފަރާތުން ނިލް މެލްޒާ ވަނީ މިމަހުގެ 17 އިން ފެށިގެން މިއަދާ ހަމައަށް ކަމާ ބެހޭ އިދާރާތަކަށް ޒިޔާރާތްކޮށް ޕްރިމިނަރީ އެސެސްމެންޓެއް ހައްދަވާފަ އެވެ.

އެ މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ރާއްޖޭގައި މީހުން ބަންދު ކޮށްފައިވާ ތިބޭ ކުދިން ތިބޭ ތަންތަނަށް ޒިޔާރަތްކުރައްވައި އޭނާގެ ޓީމުން ވަނީ ހާލަތު ބައްލަވައިފަ އެވެ. އެގޮތުން އެފަދަ 10 ތަނަކަށް ޒިޔާރާތްކޮށް އޮފިޝަލުންނާއި ގައިދީންނާ އޭނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެސެސްމެންޓުގެ މައުލޫމަތު ދިނުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެލްޒާ ވިދާޅުވީ، ލާއިންސާނީ އަނިޔާތައް ބެލުމަށް އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑީވްސް (އެޗްއާރުސީއެމް) އާއި ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަން އަދި ނޭޝަނަލް އިންޓަގްރިޓީީ ކޮމީޝަން (އެންއައިސީ) އޭގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ލާއިންސާނީ އަނިޔާ ހުއްޓުވުމުގެ ގާނޫނުު 2013 ވަނަ އަހަރު ވުޖޫދުވި ފަހުން 100 އަށްވުރެ ގިނަ މައްސަލަ އެޗްއާރުސީއެމްއާއި އެންއައިސީ އަށް ހުށަހެޅުނު. ނަމަވެސް މިހާތަނަށް މިހާތަނަށް އެކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ސަރުކާރުގެ އޮފިޝަލެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވި، ޖަވާބުދާރީ ކުރެވިފައި ނެތް،" އޭނާ ވިދާޅުވި އެވެ.

ދާދިފަހުން ފުލުހުންގެ ޑްރަގް-އެންފޯސްމަންޓުން ހިނގި އޮޕަރޭޝަންގައި މީހަކަށް އަނިޔާކުރަނިކޮށް ދައުރުވި ވީޑިއޯގެ މައްސަލައިގައި ފުރިމަ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާފައި ނުވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން ޒީރޯ ޓެރެންސް ސިޔާސަތެއް ގެންގުޅުމަށް. އަދި ކަމާ ގުޅުންހުރި އިދާރާތަކަށް އެ ސިޔާސަތު ތަންފީޒު ކުރުމަށް މަސައްކަތް ކުރުމަށް،" ނިލްޒާ ވިދާޅުވި އެވެ.

ޖަލުތައްކު ހާލަތު އަދިވެސް ވަރަށް ކަންބޮޑުވާ ދަރަޖައިގައި!

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މީހުން ބަންދުކޮށްފައި ބައްހަޓާފައި ތިބޭ 10 މަރުކަޒަކަށް އޭނާ ޒިޔާރަތް ކުރިއެވެ. އޭނާ ވިދާޅުވިގޮތުގައި ޖަލުތަކައް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ޖާގައަށްވުރެ ގިނަ ގައިދީން ބޭއްތިބުން ކަމަށެވެ.

"މަރުކަޒުތަކުގައި އެބަ ތިބި 150-190 ޕަސަންޓާ ދެމެދުގެ އަދަދަކަށް އިތުރަށް ގައިދީން ބައިތިއްބާފައި އެބަތިބި އަސްލު ޖާގައަށްވުރެ،" މެލްޒާ ވިދާޅުވި އެވެ.

އޭގެ މިސާލެއް ނަންގަވައި މިލްޒާ ވިދާޅުވީ، މާފުށީގައި ފިރިހެނުންނާއި އަންހެނުނާއެކު 710 މީހުންގެ ޖާގައިގައި، 1،022 ގައިދީން ތިބޭކަމަށެވެ. ޖާގައަށްވުރެ ގިނައިން އެންމެ ގިނައިން ގައިދީން ބައިތިއްބާފައިވަނީ ފިރިހެނުންގެ ގޮޅިތަކުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޖަލުތަކުގެ ހާލަތު އިތުރަށް ސިފަކޮށްދެއްވަމުން މެލްޒާ ވިދާޅުވީ، ބައެއް ގޮޅިތަކުގައި ގައިދީންނަށް އެނދު ނުވަތަ ނިދޭނެ ރަނގަޅު ވަސީލަތްތައް ދީފައި ނުވާ ކަމަށެވެ. ގައިދީން ނިދަން ޖެހެނީ ތުނި ކުނާ ނުވަތަ ބިންމަތީގައި އެއްވެސް އެއްޗެއް ނާޅާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ގިނަ ގައިދީންނަށް އެކަށީގެންވާ މިންވަރަށް ސާފު ވަޔާއި އިރުގެ އަލިކަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެގައިދީނަށް އެއްވެސް ވަރަކަށް ތައުލީމާއި ކަސްރަތައްވެސް ފުރުސަތު ނުދޭކަން މެލްޒާ ވިދާޅުވި އެވެ.

ބިދެސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން!

ބިދޭސީ މަސައްކަތްތެރެއިންގެ މައްސަލައަކީވެސް ބޮޑު މައްސަލައެއް ކަމަށްވެސް މެލްޒާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެމީހުންނާ މެދު އިހާނެތިކޮށް ހިތާ ކަމަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމީހުންގެ ޕާސްޕޯޓު އަތުލުމަށްފަހު، މުސާރަ ނުދީ މަސައްކަތް ކުރުވާ ކަމުގެ ޝަކުވާވެސް ލިބުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމީހުން ކުޑަ ޖާގައިގައި ގިނަ މީހުން ނިދާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް މެލްޒާ ވިދާޅުވިއެވެ.

މި މައްސަލަތައް "އެލާމިން ލެވެލް" އަށް ގޮސްފައިވާއިރު، ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ފަށާފައިވާ ރެގިލަރަިޒޭޝަން ޕްރޮގްރާމަށް މެލްޒާ ވަނީ މަރުހަބާ ދަންނަވާފައެވެ.

މެލްޒާގެ ޕްރްލިމަނަރީ އެސެސްމަޓުގެ ފުރިހަމަ ރިޕޯޓު 2021 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅާނެ އެވެ.