ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓުތަކަކާއެކު ދަމާސް އަހަރީ ސޭލް ޕްރޮމޯޝަން ފަށައިގެން ކުރިއަށް އެބަދެ އެވެ.

ކޮންމެ އަހަރަކު ކުރިއަށް ގެންދާ އެނުއަލް ސޭލް ޕްރޮމޯޝަންގައި މިއަހަރުވެސް ބޮޑެތި ޑިސްކައުންޓުތަކާއިއެކު އިނާމުތައް ލިބޭ ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަން އާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ދަމާސްގެ ސޭލްސް ސުޕަވައިޒަރު ޢާއިޝަތު ޖަމީލު ވިދާޅުވީ މި ޕްރޮމޯޝަނަކީ ކޮންމެ އަހަރެއްގެ ފަހުކޮޅާ ދިމާކޮށް ދަމާސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދަމާސް ފާރނީޗަރ އާއި އިންޑެކްސް ފާރނީޗާރއިން ބައްލަވައިގަންނަވާ ފަރުނީޗަރަށް ޑިސްކައުންޓުތައް ލިބިގެންދާނެ ކަމަށް ޢާއިޝަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އަހަރީ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފަރުނީޗަރަކުން 8 ޕަސެންޓުން ފެށިގެން 75 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

"ފަރުނީޗަރުގެ ތެރޭގައި ބެޑްރޫމްސެޓް، ސޯފާސެޓް ،ޑައިނިންސެޓް، ބަދިގެސެޓް އަދި އޮފީސް ފަރުނީޗަރުންވެސެ ބޮޑެތި ޑިސްކައުންޓު ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިޕްރޮމޯޝަންގެ ދަށުން ކުރައްވާ 500 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ކޫޕަންފޮނުވައިދެނީ އެސް އެމް އެސް މެދުވެރިކޮށް ކަސްޓަމަރުގެ މޮބައިލް ނަންބަރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެގެން އަގުހުރި ތިން އިނާމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ؛

  • އެއްވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވައުޗާ

  • ދެވަނައަށް ހޮވޭ ފަރާތަކަށް ދަމާސް އިން ލިބޭ ޚާއްސަ އުނދޯލި
  • ތިންވަނައަށް ހޮވޭ ފަރާތަކަށް ވިވިޑް ބްރޭނޑްގެ ސްމާޓް ޓީވީ

ޢާއިޝަތު ވިދާޅުވީ މި ޕްރޮމޯޝަންގެ ތެރޭގައި އެމްއެފްއެލްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ވިޔަފާރި ކުރަށްވައި ފަރާތްތައްވެސް ހިމެނިގެންދާނެކަމަށެވެ.