ރޯމާގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް ބަޑިސޯ އަށް ލިބުނު އަނިޔާ އާއި ގުޅިގެން ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު ހަތް މަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރު ބަޑިސޯ ގެ ފައިގެ ލިގަމެންޓަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހަފްތާގައި ކޮލަމްބިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅެ 2-1 ލަނޑުން މޮޅުވި މެޗުގައެވެ.

"އޮޕަރޭޝަން ވަރަށް ކާމިޔާބު. ބަޑިސޯ އަށް ލިބުނީ ބޮޑު އަނިޔާއެއް. ހަތް މަސް ނުވަތަ ހަ މަސް ބަޑިސޯ ހުންނަން ޖެހޭނީ ކުޅުމާއި ދުރުގައި." ބަޑިސޯގެ އޮޕަރޭޝަންގެ ސާޖަން ގިއުލިއާނޯ ސެރުލީ ބުންޏެވެ.