24 Nov 2019, 13:26
އިކެލްޝަންސް ކޮމިޝަނުގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް އިންތިހާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އަކްރަމް އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 16 ވަނަ ކުއްލި ޖަލްސާގައި ކަމަށެވެ.
އިލެކްޝަންސްގެ ނައިބު ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަމްޖަދު މުސްތޮފާ އެވެ. އަމްޖަދުގެ ދައުރު ހަމަވުމުން އެ ކޮމިޝަނަށް ވަނީ އާ މެންބަރަކު އައްޔަނު ކުރައްވައިފަ އެވެ.
އިލެކްޝަނަށް އަލަށް އައްޔަނު ކުރައްވާފައި ވަނީ މީގެ ކުރިން އެ ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް އަދާކުރެއްވި ފުއާދު ތައުފީގެވެ. ފުއާދު ވަނީ ކޮމިޝަނުގެ މަސައްކަތާ މިއަދު ގުޅިވަޑައިގެންފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި ނައިބު ރައީސް އަކްރަމްގެ އިތުރުން ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތު އެވެ.