މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމު، ޑިޒްނީގެ "ފްރޯޒެން"ގެ ދެވަނަ ބައި، މުޅިން އާ އިތުރު ރެކޯޑުތަކެެއް މުގުރާލުމަށް ތައްޔާރުވެއްޖެ އެވެ.

ޑިޒްނީއިން 2015 ވަނަ އަހަރު ނެރުނު ފްރޯޒެން އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެނިމޭޓެޑް ފިލްމެވެ. ވަގުތުން ޕޮޕް ކަލްޗާގެ ތެރެއަށް ވަދެގެން ދިޔަ ފްރޯޒެންގެ ދެވަނަ ބައި ދައްކަން ފަށާފައިވަނީ މި ހަފްތާ ބަންދުގައެވެ.

ފިލްމު އެޅުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތައް ވަނީ އެ ފިލްމު ބެލުމަށް ފުރާލާފައެވެ. ޑީޒްނީއިން ލަފާކުރާގޮތުގައި ފިލްމުގެ ޑެބިއޫ އަށް 120 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެމެރިކާއިން އެކަނިވެސް ލިބޭނެއެވެ.

ފްރޯޒެންގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެހާ ގަދައެވެ. އެހެންކަމުން ބައިނަލްއަގުވާމީކޮށް އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ޑިޒްނީއިން ވަނީ ލަފާކޮށްފައެވެ.

ޑިޒްނީން ލަފާކޮށްފައިވާ އަދަދަށް ޑިޒްނީގެ އާމްދަނީ ހަފްތާ ބަންދުގައި އަރައިފި ނަމަ އެއީ ޑިޒްނީގެ ބޮޑު ރެކޯޑެކެވެ. އެ އަދަދަށް ވާސިލު ވެއްޖެއާ އެއީ ޑިޒްނީގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޑެބިއޫއެވެ.

ފްރޯޒެންގެ ފުރަތަމަ ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު ދެވަނަ ފިލްމުވެސް އެ އާމްދަނީއާ ވާދަކުރާޏެ ކަމަށް ޑީޒްނީއިން ވަނީ ލަފާކޮށްފައެވެ.