23 Nov 2019, 10:01
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މަގްބޫލު ރިއަލިޓީ ޝޯ މާސްޓަޝެފް އިންޑިއާގެ ހަ ވަނަ ސީޒަން އަންނަ މަހު ދެއްކުމަށް ނިންމައިފި އެވެ.
ސްޓާޕްލަސް ޗެނަލުން ދައްކަމުން އައި އެ ރިއަލިޓީ ޝޯގެ ހަ ވަނަ ސީޒަން ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގައެވެ.
މިފަހަރު ޝޯގެ ޖަޖުންނަކީ ސެލެބްރިޓީ ޝެފުން ކަމަށްވާ ވިކާސް ކަންނާ އާއި ރަންވީރު ބްރާރްގެ އިތުރުން ވިނީތު ބާޓިއާ އެވެ. މިފަހަރުގެ ޝޯ ކާމިޔާބުކުރާ ކައްކާ އަށް ޖުމްލަ 140,065 ޑޮލަރު ދިނުމަށްވަނީ ނިންމާފަ އެވެ. އަދި އޭގެ އިތުރުން ކައްކާ ފޮތެއް ނެރުމާ އެކު އަމިއްލަ ކައްކާ ޝޯއެއް ދެއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މާސްޓަޝެފް އިންޑިއާ އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ރިއަލިޓީ ޝޯއެކެވެ. ޝޯ އެންމެފަހުން ދެއްކީ 2016 ވަނަ އަހަރު އެވެ. މާސްޓަޝެފްގެ ފުރަތަމަ ސީޒަނެއް ބެލުންތެރިންނާ ހަމައަށް އައީ 2010 ވަނަ އަހަރުގަ އެވެ.