އިސްލާމިކް ޔުނިވާސިޓީގައި ސައިކޮލޮޖީ ޑިޕާޓްމަންޓްއެއް ގާއިމްކުރަން ނިންމައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ "ސަން" އަށް ވިދާޅުވީ ސައިކަލޮޖީ ޑިޕާޓްމަންޓްއެއް އުފެއްދުމުގެ ޕްރޮޕޯސަލްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އެ ޕްރޮޕޯސަލް ތައްޔާރުކޮށް އިންވޮއިސް ކޮމެޓީގެ މަޖިލީހަށް ހުށަހަޅާ އެޕްރޫވްކުރީމައި އެޑިޕާޓްމަންޓް މުޅިން ފަށައިގެނެވޭނީ. އަޅުގަނޑު އުއްމީދުކުރެވެނީ އަންނަ އަހަރުގެ ދެވަނަ ސެމިސްޓާގައި އެ ޑިޕާޓްމަންޓް ހުޅުވޭވަރުވާނެކަމަށް. އެ ވާގޮތަކީ އެފަދަ ޑިޕާޓްމަންޓްއެއް އުފައްދާއިރު ކަރިކިއުލަމް އެބަ ޑިވޮލޮޕްް ކުރަން ޖެހޭ." ވައިސް ޗާންސެލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސައިކޮލޮޖީ ކިޔަވައިދޭން ފަށާއިރު ކަރިކިއުލަމް ދެގޮތަކަށް ތައްޔާރުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެގޮތުން އަމިއްލަ ކަރިކިއުލަމްއެއް ނުވަތަ ބޭރުގެ މަޝްހޫރު ޔުނިވާސިޓީއަކާ ގުޅިގެން ކަރިކިއުލަމްއެއް އެކުލަވާލުމުގެ ވިސްނުން އެބަހުރި ކަމަސް ވައިސް ޗާންސެލާ ވިދާޅުވިއެވެ.

ސައިކޮލޮޖީ ޑިޕާޓްމަނޓުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހިސާބަށް ކިޔަވައިދިނުމުގެ ވިސްނުން އެބަހުރިކަމަށްވެސް ވައިސް ޗާންސެލަރު ވިދާޅުވިއެވެ.

" ސައިކޮލޮޖީ ކިޔަވައިދޭއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސްކުރާނަން އިސްލާމިކް ސައިކޮލޮޖީގެ މޮޑިއުލްތައް ކިޔަވައިދެވޭތޯ. އަދި މި ޑިޕާޓްމަންޓްއިން ކިޔަވަމުންދާ ދަރިވަރުން ކިޔަވައި ނިމުނީމާ ކުދިންނަށް އެނގޭނެ ރުގިޔާއަކީ ކޯންއެއްޗެއްކަން ކޮންބޭނުމެއްގައި ކުރާ އެއްޗެއްކަންވެސ އެނމެ ރަނގަޅުގޮތަކީ ކޮބައިތީ ސިހުރާ ފަންޑިތައަކީ ކޮބައިކަން." ވައިސް ޗާންސެލަރު ވިދާޅުވިއެވެ.