23 Nov 2011, 12:06
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ އަލް މުދިޝް 38 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޒަން ޓީމު އިވެންޓުގެ ފައިނަލަށް އޮފްއެފްސީ އާއި ކްލަބް އީގަލްސް ދަތުރު ކޮށްފި އެވެ.
މި ދެޓީމް ފައިނަލުން ޖާގަ ހޯދިއިރު، އޮފްއެފްސީ އަކީ މިމުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ތިން އަހަރުވެސް ހޯދި ޓީމެވެ.
ތިން ޓީމް ބައިވެރިވި މި ޑިވިޒަންގެ ގްރޫޕް ސްޓޭޖްގައި ތިން ޓީމު ވެސް ޕޮއިންޓުގެ ގޮތުން އެއްވަރު ވުމުން ދެން ބެލީ މޮޅުވެފައިވާ މެޗްތަކުގެ އަދަދަށެވެ. އެގޮތުން މޮޅުވެފައިވާ މެޗްތަކުގެ އަދަދުން ވެސް ތިން ޓީމް އެއްވަރު ވެފައިވާތީ ދެން ބެލީ ލިބިފައިވާ ސެޓްތަކުގެ އަދަދަށެވެ.
އެގޮތުން މި ތިން ތީމު ހޯދި ސެޓް ތަކަށްބަލާ އިރު، އޮފްއެފްސީ އަށް 12 ސެޓް ލިބުނު އިރު ކްލަބް އީގަލްސް އަށް ލިބުނީ 13 ސެޓެވެ. އަދި މަޑިފުށި ޒުވާނުންގެ ޖަމްއިއްޔާއަށް ލިބުނީ 11 ސެޓެވެ.
އޮފްއެފްސީ އާއި ކްލަބް އީގަލްސް ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައެވެ. މިމެޗް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމޖެހިފަ އެވެ.
މުބާރަތުގެ ދެ ވަނަ ޑިވިޒަންގެ ފައިނަލަށް، ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި މަޑިފުށި ޒުވާނުންގެ ޖަމިއްޔާ ގޮސްފައިވާއިރު ގްރޫޕްގެ 2 ވަނަ ޓީމެއްގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދީ ކްލަބް އީގަލްސް އެވެ.
މިމެޗްގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދާމާ ހެދުނު 9:00 ޖަހާއިރު އެވެ.