21 Nov 2019, 11:29
ހެންވޭރުގައި ގެޔަކުން ބިދޭސީއަކު ވެއްޓިއްޖެ އެވެ.
އޭނާ ވެއްޓުނީ އެތަނުގެ ފުރަތަމަ ފަންގިފިލާއިން ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ. އެމީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަސް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 11:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ބިދޭސީ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާ ހިނގާ ދިޔަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އިއްޔެވެސް ހެންވޭރު ގެޔަކުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ ވެއްޓިފަ އެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުުހުން ބުނީ ވެއްޓުނު ބިދޭސީ މިހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ވެއްޓުނު މީހާއަކީ ވޯކް ޕާމިޓް ނެތި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.