އދ. މަންދޫގައި އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ އިޝާނަމާދަށް ފަހު އުމުރުން 83 އަހަރުގެ ފިރިހެނަކަށް ވީނުވީއެއް ނޭނގިގެން ހޯދަމުންދާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 21:35 އެހާކަންހާއިރު އެވެ.

އެ މީހާ އެންމެ ފަހުން ފެނުނު އިރު ހުރީ ހަމައެކަނި މުންޑެއް ލައިގެންނެވެ.

މިހާރު ފުލުހުންގެ ޓީމެއް މަންދޫއަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.