20 Nov 2019, 19:26
އއ. މުށިމަސްމިގިލީގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކުް ޑައިވިންގްއަށް ގޮސް އުޅޭނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:25 ހާއިރު ޑައިވިންގްއަށް ގޮސް އުޅެނިކޮށް މަރުވީ ޖަރުމަނަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވީ ޑައިވިންގްއަށް ގޮސް މައްޗަށް އެރި ފަހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފަތުރުވެރިޔާ އދ. މަހިބަދޫ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔައެވެ. ނަމަވެސް އޭނަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.