22 Nov 2011, 22:21
ދައުލަތުގެ ފައިނޭޝަލް ކޮންޓްރޯލާ އަހުމަދު އަސްއަދު މިއަދު އޭނާ އަދާކުރައްވާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އަސްއަދު އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އަސްއަދު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ޒުހައިރު ވިދާޅެއް ނުވި އެވެ. ވިދާޅުވީ މިއަދު އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ އަސްއަދަކީ ގާބިލު ފަންނީ ބޭފުޅެއް ކަމަށާއި އޭނާ އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަސްއަދުގެ ފޯން ނިއްވާލާފައިވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.