20 Nov 2019, 15:00
ހެންވޭރު ގެޔެއްގެ ހަތަރުވަނަ ފަންގިފިލާއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެއްޓިއްޖެ އެވެ. އެ ކުއްޖާ އޭޑީކޭއަށް ގެންގޮސް މިހާރު ވަނީ ފަރުވާދޭން ފަށައިފަ އެވެ.
ފުލުހުން ބުނީ ހެންވޭރު ވައިޖެހޭމަގުގައި ހުންނަ ގެޔެއްގެ ހަތަރުވަނަ ބުރިން ވެއްޓުނީ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.
އެކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި ކުއްޖާ ވެއްޓުނުކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 2:38 އެހާކަން ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުއްޖާއަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ކުއްޖާ ވެއްޓެން ދިމާވި ސަބަބު އަދި ސާފުނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނޯޓު: މި ޚަބަރުގައި "އަންހެން ކުއްޖެއް" ކަމަށް ކުރިން ލިޔެވިފައި އޮތީ ފުލުހުން ފޯރުކޮށްދިން މައުލޫމާތުގައި އޮތް ކުށަކުން. ރަނގަޅު ގޮތަކީ "ފިރިހެން ކުއްޖެއް". އަދި މިހާރު މި ޚަބަރު ވަނީ އިސްލާހުކުރެވިފައި