22 Nov 2011, 16:20
މެންޗެސްޓާ ސިޓީ އިން ސަސްޕެންޑް ކޮށްފައިވާ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އިޓަލީގެ އޭސީ މިލާނަށް ގެންދިއުމަށް ވިސްނަމުންދާ ކަމަށް އެކުލަބުގެ އެސިސްޓަންޓް ކޯޗް މައުރޯ ޓަސޮޓީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި މެޗަށް އެރުމަށް ދެކޮޅު ހެދުމުން ޓެވޭޒް އަށް ވަނީ ސަސްޕެންޝަނާއި އެކު ޖޫރިމަނާ ވެސް ކުރެވިފަ އެވެ. މީގެ އިތުރުން ކުލަބުން ހުއްދަ ނުލިބެނީސް ޓެވޭޒް އާޖެންޓީނާ އަށް ގޮސްފައިވާ ކަމަށް ވެސް މެންސިޓީ އިން ބުނެއެވެ.
"ޓެވޭޒް އަކީ މޮޅު ކުޅުންތެރިއެއް. ނަމަވެސް އޭގެ ކުރިން ޓެވޭޒް ގެ ހާލަތު ރަނގަޅަށް ދެނެގަންނަން ޖެހޭ. އޭނާގެ ވިސްނުން ހުރި ގޮތް ވެސް ބަލަން ޖެހޭ." އޭސީ މިލާންގެ އެސިސްޓަންޓް ކޯޗް ޓަސޮޓީ ބުންޏެވެ.
މިލާންގެ އިޓަލީ ފޯވާޑު އެންޓޯނިއޯ ކަސާނޯ ކުރި ހިތުގެ އޮޕަރޭޝަނަށް ފަހު މިމަސް ނިމެންދެން އޭނާ ހުންނަން ޖެހޭނީ ކުޅުމާއި ދުރުގައެވެ. ކަސާނޯ ނެތުމުން މިލާނަށް ވަނީ ފޯވަޑެއްގެ ބޭނުން ޖެހިފައެވެ.