22 Nov 2011, 16:18
ފަލަސްތީނުގެ ކުޑަކުދިންނަށް އެހީވުމުގެ ގޮތުން ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކުދިންނަށް ދެ ހާސް ޕައުންޑް ހަދިޔާކޮށްފި އެވެ.
ރޮނާލްޑޯ ވަނީ ފުޓުބޯޅަ ބޫޓަކާއި ބޫޓެއް ވިއްކާލައި އެފައިސާ އެކުދިންނަށް ހަދިޔާ ކޮށްފައެވެ.
އުމުރުން 26 އަހަރުގެ ރޮނާލްޑޯ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެކޯޑް ޓްރާންސްފާއަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ ކުޑަ މުއްދަތެއްގެ ތެރޭގައި އެޓީމަށް އެތަކެއް ކުރިއެރުމެއް ހޯދައިދީފައިވެއެވެ.
ރޮނާލްޑޯ އަކީ ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ވެސް ނަން މަޝްހޫރު ކުޅުންތެރިއެކެވެ.