Last Updated:
6 year 1 week ago

1-3 ގެ ނަތީޖާއިން ރާއްޖެ ގުއާމްގެ މައްޗަށް ކުރި ހޯދައިފި

    ބުލޮގު ޚުލާސާ

    2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖެ އާއި ގުއާމް ބައްދަލު ކުރާ މެޗްގެ ލައިވް ކަވަރޭޖަށް މަރުހަބާ. ގުއާމާ ދެކޮޅަށް މިއަދު ނިކުންނަ އިރު ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި. ގުއާމް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި. މިއަދު ގަލޮޅު ދަނޑުގައި ރާއްޖެއާއި ގުއާމް ބައްދަލު ކުރާ މެޗަކީ ރާއްޖޭގެ މިފަހަރުގެ އަމާޒު ހިފައިފައިވާ އޭއެފްސީ ކަޕަށް ކޮލިފައިން ވުމުގެ އުންމީދު ދެމެހެއްޓުމަށް ވަރަށް މުހިއްމު މެޗެއް. މެޗް ފަށާނީ ހަވީރު 4:00 ގައި.

    17:51

    މަރުހަބާ ދިވެހިރާއްޖެ!

    17:49

    90 + 2' ގުއާމަށް ހިލޭ ޖެހުމެއް. ޗޯޓު ކުރި ފައުލަކަށް އޭނާއަށް ރީންދޫ ކާޑު ރެފްރީ ދައްކައިފި.

    17:48

    90 + 1' ރާއްޖެ ގޯލު! ގުއާމްގެ ކީޕަރު ފޮނުވާލި ބޯޅައެއް އަޝްފާގު ގައިގައި ޖެހިފައި ގޮސް ވަނީ ގޯލަށް.

    17:47

    މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރު ވަގުތުގެ ތިން މިނަޓު ރެފްރީ ދައްކައިފި.

    17:46

    89' ގުއާމް ޓީމުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. އެ ޓީމުގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ވަރަށް ހުޝިޔާރުކަމާ އެކު ފައިސަލް ދިފާއު ކޮށްފި.

    17:42

    17:41

    84' އަޝްފާގު ނަގައިދިން ކޯނަރު އަކްރަމްގެ ފައިގައި ޖެހި ގޯލް ދަނޑިކައިރިން ބޭރަށް.

    17:39

    ގުއާމްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ރާއްޖެއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ޖަހަން ގޮސް ހުރި އަޝްފާގު ފޮނުވާލި ބޯޅަ ގުއާމް ކުޅުންތެރިއެއްގެ ބޮލުގައި ޖެހި ކޯނަރަކަށް ބޭރުވެއްޖެ.

    17:35

    81' ރާއްޖެ ޓީމުގެ ފަހު ބަދަލު. ރިޒޭގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު ސެންޓޭ. ސެންޓޭ އަކީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅިންތެރިއެއް.

    17:32

    76' ގުއާމް ޓީމުން ނުރައްކާތެރި ހަމަލާއެއް. އެ ޓީމުގެ ޖޯން މަކްޓިން ބޮލުން ފޮނުވާލި ހަމަލާ ފައިސަލް ވަރަށް މޮޅަށް ދަފާއު ކޮށްފި.

    17:31

    ޖޭސަން ފޮނުވާލި ހިލޭ ޖެހުން ކީޕަރު ފައިސަލް ފަސޭހަކަމާ އެކު ދިފާއު ކޮށްފި.

    17:29

    73' ގުއާމަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. އެ ޓީމުގެ އެއް ކުޅުންތެރިޔަކު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން އޭރިއާއަށް ވަނުމަށް ތައްޔާރަށް ތިބީ.

    17:28

    71' ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ކުޅުންތެރިން ވަރުބަލިވެފައި ތިބެގެން ކުޅޭ މަންޒަރު. ކުޅުންތެރިން ތިބީ ވަރަށް މަޑުޖެހައިފައި.

    17:25

    69' ހައިޝަމްއަށް ރީންދޫ ކާޑު. ގުއާމް ކުޅުންތެރިން ހަމަޖެހިލައިގެން ކުޅެމުންދާއިރު ރާއްޖެއަށް ޕްރެޝަރު ބޮޑު. ގުއާމަށް ލިބުނު ހިލޭ ޖެހުން ފޮނުވާލަން ގޮސް ހުރީ އެ ޓީމުގެ ކެޕްޓަން ޖޭސަން.

    17:23

    67' ރާއްޖޭގެ ޓީމަށް ބަދަލެއް. ދާދުގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓު) ކުޅެން ނުކުމެއްޖެ. އޭނާ އަކީ 19 އަހަރުން ދަށު ޓީމުގެ ކެޕްޓަން.

    17:21

    63' ހަމްޕު ވަރަށް ރީތިކޮށް ހުސްވެލާފައި ހުރަސްކޮށްދިން ބޯޅަ ރިޒޭ ފޮނުވާލީ. ބާރެއް ނެތުމުން ކީޕަރު މަތަކޮށްފި.

    17:19

    63' ރާއްޖެއަށް ކޯނަރެއް. ގުއާމްގެ ގޯލަށްފަހު ރާއްޖެއިން ވަރަށް ބޮޑު ތަނުން ކުޅުން ރަނގަޅުކޮށްފި.

    17:17

    60' ގުއާމަށް ކޯނަރެއް. އެ ޓީމުގެ ގިން ކުޅުންތެރިންތަކެއް ރާއްޖޭގެ އޭރިއާގައި އެބަތިބި

    17:15

    59' ގުއާމް ޓީމުން ބަދަލެއް. މައިކް ކްރޯލީގެ ބަދަލުގައި ކުޅެން ނުކުތީ ކައިލް ކޯ ހަލެހަލެ.

    17:14

    57' ރާއްޖެއަށް ނުރައްކާތެރި ހިސާބަކުން އެއްލުމެއް. އެއްލަން ގޮސް ހުރީ ހުސައިން ޝިފާއު (ކުރޯ)

    17:14

    ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

    17:14

    ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

    17:13

    ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

    17:12

    ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

    17:08

    ދެވަނަ ހާފު ފެށި ގޮތަށް ގުއާމް ޓީމުން ކުރިއަށް ޖައްސައިގެން ހަމަލާތައް އިތުރު ކޮށްފި.

    17:07

    50' ގުއާމް އަށް ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް.

    17:06

    48' ގުއާމް ގޯލު! ގޯލު ޖެހީ ގުއާމް ޓީމުގެ ޖާޒީ ނަންބަރު 7 ޖޯން މަޓްކިން. ރާއްޖެ 2 - 1 ގުއާމް.

    17:04

    48' އަޝްފާގު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގުއާމް ކުޅުންތެރިޔަކަށް ފައުލް ކޮށްފި.

    17:00

    ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ. ކޮށްޓީ ދިވެހި ރާއްޖެއިން. ރާއްޖެ 2 - 0 ގުއާމް.

    16:57

    16:49

    16:46

    ފުރަތަމަ ހާފު ނިމުނީ. މުޅި ހާފް އެއްކޮށް ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ ދިވެހި ރާއްޖެ. ރާއްޖެއިން ފުރަތަމަ ހާފުގައި ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ. ގުއާމް ޓީމަށް މެޗުގައި ރާއްޖޭގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިކުރެވިފައެއް ނުވޭ.

    16:45

    45' އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެ މިނަޓު ދައްކައިފި. ރާއްޖެ 2 - 0 ގުއާމް.

    16:43

    43' މެދު ރޮނގާ ހަމައިން ބޯޅަ ހިފައިގެން އައިސް އޭރިއާ ތެރެއިން ހަމްޕުއަށް ޕާސްކޮށް އޭނާ އަނބުރާ ޖައްސާލި ބޯޅަ މުޅިން ހުސްކޮށް ހުރެ އަޝްފާގު ފޮނުވާލީ ދަނޑި ކައިރިން ބޭރަށް. ރާއްޖެއިން ދަނީ ނުރައްކާތެރި ގިން ބޯޅަތަކެއް އުފައްދަމުން.

    16:41

    42' ރިޒޭ އޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބާރު ބޯޅައެއް ކީޕަރު މަތަކޮށްފި.

    16:35

    ރާއްޖެ ގޯލު! ހައިޝަމް ހުރަސްކޮށްދިން ބޯޅަ ގުއާމް ޓީމުގެ ޑިފެންޑަރު ޓްރެވިސް ނިކްލޯ ގައިގައި ޖެހި ވަނީ ގޯލުގެ ތެރެއަށް. ރާއްޖެ 2 - 0 ގުއާމް.

    16:34

    34' ގުއާމްއަށް ކޯނަރެއް. ގުއާމް ޓީމުގެ ކުޅުންތެރިންގެ އިސްކޮޅު ހުރުމުން ހިލޭ ޖެހުންތަކާއި ކޯނަރުތަކުން އެ ޓީމަށް ފުރުސަތު ބޮޑު.

    16:32

    ގަލޮޅު ދަނޑުގެ ސަހަރާއާ ވީ ފަޅި ސިޑިބަރިއާއި އިރުމަތީ ފަރާތު ސިޑިބަރި ރެނދުލުމުގެ ސަބަބުން މިއަދުގެ މެޗުގައި ވެސް ބޭނުމެއް ނުކުރޭ.

    16:31

    ރާއްޖޭގެ ކޯޗަކަށް ހަރަކާތްތެރިވަނީ ޕީޓަރ ސެގާރޓް. ގުއާމް ޓީމުގެ ކޯޗަކަށް ކާރލް ޑެނިސް ޑޮޑް.

    16:30

    16:28

    28' ރާއްޖެއަށް ބަދަލެއް. ސަމުއްޓޭގެ ބަދަލުގައި ކުޅެން ނުކުތީ ހައިޝަމް ހަސަން. ރާއްޖޭގެ ސްކޮޑުގެ އެވަރެޖް އުމުރަކީ 23 އަހަރު.

    16:24

    ސަމުއްޓޭއަށް އަނިޔާވެ ބަދަލު ކުރުމަށް ކޯޗު ސްޓާފުންނަށް އަންގައިފި.

    16:23

    23' ރާއްޖެ ގޯލު. އަޝްފާގު ނަގައިދިން ކޯނަރު ގޯލުގެ ތެރެއަށް ފޮނުވާލީ ސަމޫހު އަލީ (ސަމުއްޓޭ) ރާއްޖެ 1 - 0 ގުއާމް.

    16:22

    މިއަދުގެ މެޗު ބެއްލެވުމަށް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މިނިސްޓަރުންނާއި ބައެއް މަޖިލިސް މެންބަރުން ވެސް ދަނޑަށް ވަނީ ވަޑައިގެންފައި.
    ރައީސް އާއި މަޖިލިސް ރައީސް ބައެއް މަޖިލިސް މެންބަރުންނާއި އެކު ދަނޑަށް ވަޑައިގަތީ މުލިއާގެ ސަރަހައްދުން ހިންގަވާފައި.

    16:20

    ސަރުކާރުގެ އިސްވެރިން މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިގަތުން.

    16:16

    ސަރުކާރުގެ އިސްވެރިން މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިގަންނަވަނީ.

    16:15

    16:14

    15' ގުއާމް ޓީމުގެ ފޯވާޑް މާކަސް ލޮޕެޒްއަށް ރީންދޫ ކާޑު ދައްކައިފި.

    16:13

    މެޗަށް ނުކުތުމުގެ ކުރިން ދެ ޓީމުގެ ކޯޗުން ވެސް ވަނީ މެޗުގެ މުހިއްމުކަމަށް އަޅުވާލައި ވާހަކަ ދައްކާފަ.

    16:11

    12' ރެފްރީގެ ނިންމުމަށް ފާޑު ކިޔުމުން ގުއާމްގެ އޮފިޝަލަކަށް ރީންދޫ ކާޑު ދައްކައިފި. ދެ ޓީމުގެ ފަރާތުން ވެސް ކުޅެނީ ފިސިކަލް ފުޓުބޯޅައެއް.

    16:10

    ގައުމުން ބޭރުގައި ކުޅުނު މެޗުގައި ގބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖެއިން. އެއް ގޯލުގެ ތަފާތުން އެ މެޗުން ވަނީ ރާއްޖެ މޮޅުވެފައި. މެޗުގެ ހަމަ އެކަނި ގޯލު 26 ވަނަ މިނެޓުގައި ކާމިޔާބް ކޮށްދިނީ ފޭދޫ އިއްބެ.

    16:08

    9' ރާއްޖެއަށް ކޯނަރެއް. އަވަހަށް ކޮށްޓުމަށްފަހު އަޝްފާގު ނަގައިދިން ބޯޅަ މާ މަތިން ބޭރަށް.

    16:07

    7' އަހްމަދު ރިޒްވާން (ރިޒޭ) ދުއްވައިގަތުމުން ގުއާމް ކުޅުންތެރިން ހިފަހައްޓައިފި. ރާއްޖެއަށް ޖެހުން.

    16:06

    6' ދެ ޓީމުގެ ފަރާތުން ވަރަށް ގިނައިން މިސް ޕާސް ފެނޭ. ޖުމުލަކޮށް ހަމަހަމަ ކުޅުމެއް.

    16:04

    ގުއާމްގައި ގިނައިން ތިބީ ޔޫއެސްއޭގެ ކުޅުންތެރިން. އެ ޓީމުގެ ތިބީ ރާއްޖެއަށް ވުރެން ނިސްބަތުން އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް.

    16:01

    ގުއާމް އަކީ ދުނިޔޭގެ ރޭންކިންގެ 196 ވަނައިގައި އޮތް ގައުމެއް. ރާއްޖެ އޮތީ ދުނިޔޭގެ 154 ވަނައިގައި.

    16:00

    ރާއްޖެއިން މެޗު ފެށީ ރަސްމީ ރަތް ކުލައިގެ ޖާޒީގައި. ގުއާމް ކުޅެނީ އެމީހުންގެ ރަސްމީ ހުދު ކުލައިގެ ޖާޒީގައި.

    15:59

    މެޗު ފެށުނީ. ކޮށްޓީ ގުއާމް ޓީމުން.

    15:59

    15:57

    ގައުމީ ޓީމްގެ ފުރަތަމަ 11:

    ސަމޫހް އަލީ
    އަހްމަދު ނުމާން (ހެލްމެޓް)
    ހުސައިން ޝިފާއު ޔޫސުފް
    އަލީ އަޝްފާގު
    ހަމްޒާ މުހައްމަދު
    ހުސައިން ނާއިޒް (ދާދު)
    އަކްރަމް އަބްދުލްޤަނީ (ކެޕްޓަން)
    އަހްމަދު ރިޒްވާން
    އިބްރާހިމް މަހްދީ ހުސައިން
    މުހައްމަދު ފައިސަލް
    ހުސައިން ނިހާން


    ގުއާމްއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު އެންމެ ފަހުން ފިލިޕީންސްއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އަށް ހަތަރު ބަދަލެއް ވަނީ ގެނައިސްފަ އެވެ. އެއީ ޑިފެންޑަރު ސަމޫހް އަލީގެ އިތުރުން ތިން ފޯވާޑުންކަމަށްވާ އަލީ އަޝްފާގު އާއި ހަސަން ނާއިޒްގެ އިތުރުން އަހްމަދު ރިޒްވާން އެވެ.

    ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

    15:56

    ރާއްޖެ ގުއާމް ބައްދަލުކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ