22 Nov 2011, 15:13
އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ 22 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ގުރުއަތުލުން މަދަމާރޭ ކެރަމް ހޯލުގައި ބޭއްވުމަށް ނިންމައިފި އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، ދެ ޑިވިޝަނަކަށް ބާހާލައިގެން ބޭއްވޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ އިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހާކީ މި ރޭ 23:00 ގެ ނިޔަލަށެވެ.
އެކި ވަނަތަކަށް ފައިސާގެ އިނާމާއި ތައްޓާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޕްރިމިއާ ޑިވިޝަންގެ ސިންގަލްސް ފައިނަލް މެޗް މިދިޔަ އަހަރެކޭ އެއްގޮތައް އެމްއެންބީސީ ވަން އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.