ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ފުރި، އެ އެއް އަހަރުގެ ތެރޭ ރައްޔިތުން އެމަނުކުފާނަށް ދިން އެއްބާރުލުމަށް ރައީސް ޝުކުރު ދަންނަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާލުވީ ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާނާ މަތި ކުރެއްވި ޒިންމާއަށް ފަހަތަށް ޖެހިވަޑައިނުގެން ސާބިތު ކަމާ އެކު ހުންނަވާނެ ކަމަށެވެ.

"މާތް الله ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގަ ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައެވެ.

އެމަނިކުފާނުގެ ވެރިކަމާ ހަވާލުވެޑައިގެން އިއުލާންކުރެއްވި ގިނަ ވައުދުތައް މިހާރު ވަނީ ފުއްދަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ރާއްޖޭ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސްވެސް މެއެވެ. އަދި އަތޮޅު ތެރެއަށް ނިސްބަތްވާ ފުރަތަމަ ރައީސް އަކީވެސް ރައީސް ސޯލިހް އެވެ.

އެމަނިކުފާނުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ފުރަތަމަ ޑީގްރީއަށް ހިލޭ ކިިޔަވައިދިނުން، އެތެރޭގެ ދުދުހުމުގެ އަގުތައް ކުޑަކުރުން ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލުމާއި މަސްދޯނި އެކައުންޓް“ ހުޅުވި، ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ” ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީވެސް ކަނޑާލައިފަ އެވެ.