އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ބަޔަކު ރޯކޮށްލައި ބޭނުންނުކުރެވޭ ވަރަށް އަންދާލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭފަތިހު 3.40 އެހާކަންހާއިރު އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްތުގަ އެވެ. އަދި ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން އަލަށް އިމާރާތް ކުރަން ފަށާފައިވާ އެގޭގެ ފެންޑާގައި އަޅާފައި ހުރި ލަކުޑި ޑެކެއް ވަނީ ވަރަށް ބޮޑަށް އަނދާފައިފަ އެވެ.

ޕޮލިސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އެކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ބުނެދެން ވަރަށް ދަތި ކަމަށެވެ.