ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މިދިޔަ ރިޔާސީ އިންތިހާބުގައި 134،000 އަށްވުރެ ގިނަ ރައްޔިތުން ވޯޓު ދިނީ ބޮޑެތި އުންމީދުތައް ބާއްވައިގެން އެވެ. އެ ވެރިކަމަށް މިއަދަށް ބަރާބަރު 365 ދުވަސް ވެފައިވާ އިރު، އެ ރައްޔިތުންގެ ބަލައިގަންނަ ކަންތައްތަކާއި ކަންބޮޑުވާ ކަންކަން ވެސް އެބަ ހުއްޓެވެ.

ސަރުކާރަށް އަހަރެއް ފުރޭ މި ދުވަހު "ސަން"ގެ ޓީމުން އާންމުންގެ ކައިރިއަށް ގޮސް އެ މީހުން ހިޔާލު ހޯދީމެވެ. މަސްހުނި ހިޔާލުތަކާއެކު ބައެއް ރައްޔިތުން އެެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި ޝުއޫރު ސަރުކާރަށް ބަންޑުން ކޮށްލި އެވެ.

ބައެއް ރައްޔިތުން ބުނާ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަކީ ސަރުކާރެއް ވަޒަން ކުރަން އަދި ކުރު މުއްދަތެކެވެ. އެހެން ކަމުން ސަރުކާރާމެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމުގައި ބުނާ ރައްޔިތުން އެބަ ތިއްބެވެ.

އެއް އަހަރާ އަޅާ ބަލާއިރު، ސަރުކާރުގެ ދުވެލި މަޑު ކަމަށް ބައެއް ރައްޔިތުން ދެކެވެ. ވޭތުވެދިޔަ ފަސް އަހަރު އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިނގަމުންދާތަން ލޮލަށް ފެނުނު އިރު، މި ސަރުކާރުގައި އެކަން އަދި ނުފެންނަ ކަމަށް ބުނެ މާޔޫސްވާ ބަޔަކު އެބަ ތިއްބެވެ.

ރައްޔިތުންނަށް މި ސަރުކާރުން ގެނެސްދިން އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، "މިނިވަކަން"، "އިންސާފުލިބުން" އަދި "ހަމަހަމަ"ކަމެވެ. އެ ރައްޔިތުންގެ ނަޒަރުގައި ވޭތުވެދިޔަ ފަސް އަހަރު އޮބަަހައްޓައި ފިއްތާލައިގެން ރައްޔިތުން ގެންގުޅުނު ގެންގުޅުމަށް، ނިމުމެއް އައިސްފި އެވެ. ނަމަވެސް، ރައީސް ސޯލިހްގެ ކުރު އެއް އަހަރުގައި ކަސްތޮޅުން ނެއްޓި މިނަވަން ކަމުގެ އިހުސާސް މިހާރު ކުރެވެން ފަށައިފިކަމަށް ރައްޔިތުން ދެކެ އެވެ.

ބައެއް ރައްޔިތުން މި ސަރުކާރުގެ އެއް އަހަރަކީ ވަރަށްވެސް ކާމިޔާބު އެއް އަހަރެކެވެ. އެގޮތުން މި ސަރުކާރަށް އޭޕްލަސް ދޭ ރައްޔިތުން ވެސް އެބަ ތިއްބެވެ. ކުރިން ކަންބޮޑުވުން އުފުލި ގިނަ ކަންތައްތަކަށް މި މުއްދަތުގައި ހައްލު ހޯދިއްޖެ އެވެ. މި ސަރުކާރަށް މިއޮތީ ރައްޔިތުންގެ މަސްހުނު ހިޔާލުތަކެކެވެ. ވީޑިއޯ ބަލައިލާށެވެ!