16 Nov 2019, 14:53
މި ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ކުރިއަށް ތިން ދުވަހު މާލޭ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެއަށް ފަހު މޫސުން ރަނގަޅުވެފައި ހަފްތާ ފަހުކޮޅުގައި އަނެއްކާ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
މާދަމާ މެންދުރު ކުރީން މާލެ ހިމެނޭ ސަރަހައްދުތަކަށް މޫސުން ރަނގަޅުވި ނަމަވެސް މެންދުރުފަހުން މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. އަދި ހަފްތާގެ މެދުތެރޭގައި މޫސުން ރަނގަޅުވި ނަމަވެސް ހަފްތާ ބަންދާ ދިމާކޮށް އަނެއްކާ ވެސް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ.