15 Nov 2019, 23:45
ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރި 12 ފިލްމުގެ ތެރެއިން އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވިއްޖެއެވެ.
ފިލްމު ވިޝްކާ އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނުއިރު އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ ވިޝްކާ އިން އެ އެވޯޑަށް ވާދަކުރި ރިޝްމީ ރަމީޒެވެ.
އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވުނުއިރު އެ ފިލްމާ އެންމެ ގާތުން ވާދަކުރީ ދެވަންސޫރަ، ވަކިން ލޯބިން، އިލް ނޮއިސް އަދި ހައްދުއެވެ.
މިރޭގެ ފިލްމު އެވޯޑްސްގައި ވިޝްކާ ފިލްމަށް ވަނީ އެކި އެކި ކެޓަގަރީތަކުން ގިނަ އެވޯޑް ހާސިލްކޮށްފައެވެ.
އެވޯޑާ ހަވާލުވުމަށްފަހު ރިޝްމީ ބުނީ އެންމެ މޮޅު ފިލްމުގެ އެވޯޑާއެކު ރިޝްމީގެ ވަރަށް ބޮޑު ހުވަފެނެއް ހާސިލްވެއްޖެ ކަމަށެވެ. އަދި މި އެވޯޑް މިރޭ ލިބޭނެކަމަށް އުންމީދުވެސް ނުކުރާ ކަމަށެވެ.

ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ވިޝްކާއަށް -- ފޮޓޯ/ ރައީސް އޮފީސް
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.
ދިވެހި ފިލްމް އެވޯޑްސް 9 ގެ ވިނާސް:
- ބެސްޓް ސަޕޯޓިން އެކްޓްރަސް:ހަދީޖާ އިބްރާހިމް ދީދީ/ ވަކިން ލޯބިން
- ބެސްޓް ސަޕޯޓިން އެކްޓަރ:އަލީ އާޒިމް(ދޮން އައްޔަ)/ ހައްދު
- ބެސްޓް ލިރިކްސް:ހިތް އަވަސްވާ ގޮތްވެޔޭ/ މައުސޫމް ޝާކިރު/ ފިލްމު ބޮސް
- އޮރިޖިނަލް ސޯންގް:ހިތް އަވަސްވާ ގޮތްވެޔޭ/ ފަތުހުﷲ އަބްދުލް ފައްތާހް/ ފިލްމު ބޮސް
- ބެސްޓް އާޓް ޑައިރެކްޝަން:ވިޝްކާ/ އަހްމަދު މުހައްމަދު އިމާދު
- ބެސްޓް ސިންގާ (ފިރިހެން):އަހްމަދު ނަބީލް/ ހިތް އަވަސްވާ ގޮތްވެޔޭ/ ފިލްމު ބޮސް
- ބެސްޓް ސިންގާ (އަންހެން):މަރިޔަމް ރިފްގާ ރަޝީދު/ ވިޝްކާ/ ފިލްމު ވިޝްކާ
- ބެސްޓް ކޮސްޓިއުމް ޑިޒައިނާ:އައިމިނަތު ނޫރާ، އަބްދުﷲ ވިޝާމް އަދި މުހައްމަދު ރިއްފަތު/ ފިލްމު ވިޝްކާ
- ބެސްޓް ސައުންޑް ޑިޒައިން:މުހައްމަދު އިކްރާމް/ ވިޝްކާ
- ބެސްޓް ބެކްރައުންޑް ސްކޯ:އިސްމާއިލް އަދީލް/ އިލް ނޮއިސް
- ބެސްޓް އެޑިޓިން:ޔޫސުފް ޝަފީއު (ޔޫއްޕެ)/ ދެވަންސޫރަ
- ބެސްޓް ސިނަމަޓޯގްރަފީ:އަހްމަދު ޝާނިމް ނިޒާމް/ ވިޝްކާ
- ބެސްޓް ސްކްރީންޕްލޭ:ޔޫސުފް ޝަފީއު(ޔޫއްޕެ)/ ދެވަންސޫރަ
- ބެސްޓް އާޓް ޑިރެކްޝަން:އަހްމަދު މުހައްމަދު އިމާދް/ ވިޝްކާ