Last Updated:
6 year 1 week ago

ރާއްޖެ 1 - 2 ފިލިޕީންސް

    ބުލޮގު ޚުލާސާ

    މި މެޗަކީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރު ވަނަ މެޗު. ގުރޫޕުގެ ތިން ވަނަ ހޯދުމަށް ވަރުގަދަ ފިލިޕީންސާ ދެކޮޅަށް މިއަދު ގަލޮޅު ދަނޑުގައި ވާދަކުރާ މެޗަކީ ދެ ޓީމަށް ވެސް މުހިއްމު މެޗެއް. ރާއްޖޭ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަނީ 0-1 ގެ ނަތީޖާ އަކުން ގުއާމް އަތުން މޮޅުވެފައި. ނަމަވެސް ފަހުން ކުޅުނު ދެ މެޗުގައި ޗައިނާ އަދި ސީރިއާ އަތުން ވަނީ ބަލިވެފަ.

    15:52

    ގައުމީ ޓީމްގެ ފުރަތަމަ 11:

    ސަމޫހް އަލީ
    އަހްމަދު ނުމާން (ހެލްމެޓް)
    ހުސައިން ޝިފާއު ޔޫސުފް
    އަލީ އަޝްފާގު
    ހަމްޒާ މުހައްމަދު
    ހުސައިން ނާއިޒް (ދާދު)
    އަކްރަމް އަބްދުލްޤަނީ (ކެޕްޓަން)
    އަހްމަދު ރިޒްވާން
    އިބްރާހިމް މަހްދީ ހުސައިން
    މުހައްމަދު ފައިސަލް
    ހުސައިން ނިހާން


    ގުއާމްއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު އެންމެ ފަހުން ފިލިޕީންސްއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އަށް ހަތަރު ބަދަލެއް ވަނީ ގެނައިސްފަ އެވެ. އެއީ ޑިފެންޑަރު ސަމޫހް އަލީގެ އިތުރުން ތިން ފޯވާޑުންކަމަށްވާ އަލީ އަޝްފާގު އާއި ހަސަން ނާއިޒްގެ އިތުރުން އަހްމަދު ރިޒްވާން އެވެ.

    15:48

    ރާއްޖެ އަދި ގުއާމް ބައްދަލު ކުރާ މެޗަށް މަރުހަބާ!

    17:56

    މެޗު ނިމުނީ. ފިލިޕީންސް 2 - 1 ރާއްޖެ

    17:56

    90' ރާއްޖޭން ލަނޑެއް ޖަހައިފި. ދަގަނޑޭ ދިން ޕާހަކުން މި ގޯލް ޖެހީ ދާދު.

    17:50

    90' ރާއްޖޭގެ ކުރޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓް ފިލިޕީންސްގެ ކުޅުންތެރިޔަކު ބްލޮކްކޮށް ފޮނުވާލުމުން ލިބުނީ ދަގަނޑޭ އަށް. އޭނާ ހަނި އޭންގަލުން އެ ބޯޅަ ޖެހުމުން ދިޔައީ ދަނޑި މަތިން.

    17:47

    އިތުރުވަގުތުގެ ގޮތުގައި ރެފްރީ ހަތަރު މިނެޓް ދައްކައިފި. ރާއްޖެ 0 - 2 ފިލިޕީންސް

    17:46

    މެޗުގައި ފިލިޕީންސުން 14 ފައުލު ކޮށްފައިވޭ. ރާއްޖެއިން ކޮށްފައިވަނީ 8 ފައުލު.

    17:43

    86' ރިޒުވާން (ރިޒޭ) ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑިމަތިން ބޭރަށް.

    17:42

    83' ފިލިޕީންސް ކުޅުންތެރިން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. އެ ބޯޅަ ސަލާމަތްކޮށްދިނީ ކީޕަރު ފައިސަލް ނުކުމެ.

    17:40

    81' ފިލިޕީންސް ކުޅުންތެރިން ވަރަށް ބޮޑަށް ވަގުތު ދުއްވަމުން ދާކަމަށް ފާހަގަވޭ. ބާކީ މެޗުގައި އޮތީ ހަތް މިނެޓް.

    17:39

    80' އަލީ އަޝްފާގު ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް. ވަރަށް ރަނގަޅު ހަމަލާއެއްް.

    17:38

    17:37

    78' ރާއްޖެއަށް ޖެހި ޖެހިގެން ތިން ކޯނަރު ލިބުން އިރުވެސް ދިޔައީ ބޭނުން ނުކުރެވި.

    17:35

    77' ފޭދޫ އިއްބެ ޖައްސާލި ބޯޅަ ރިޒޭ ޖެހި އިރު ކީޕަރު ވަރަށް މޮޅު ސޭވް އެއް.

    17:34

    ފިލިޕީންސްގެ ދެ ގޯލަށް ފަހު ރާއްޖޭގެ މެދުތެރެ ވަރަށް ޑިސް އޮގަނައިޒްކަން ފާހަގަވޭ.

    17:33

    ފޮޓޯއިން:

    ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންސްގައި ރާއްޖެ-ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

    ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންސްގައި ރާއްޖެ-ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

    ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންސްގައި ރާއްޖެ-ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

    ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންސްގައި ރާއްޖެ-ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

    17:29

    74' ރާއްޖެއަށް ބަދަލެއް. އައިސަމްގެ ބަދަލުގައި ރިޒްވާން (ރިޒޭ) ކުޅެން ނުކުމެއްޖެ

    17:28

    ރާއްޖެ 0 - 2 ފިލިޕީންސް. ރާއްޖޭގެ ޑިފެންސުން ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާ މިފެންނަނީ

    17:27

    68' ފިލިޕީންސް ގޯލު. ގޯލު ޖެހީ ޕެޓްރިކް ސްޓްރޯސް.

    17:26

    ފިލިޕީންސް ކުޅުންތެރިން ވަރަށް ބޮޑަށް ވަގުތު ލަސްކުރަމުންދާ ކަމަށް ފާހަގަކުރެވޭ.

    17:25

    66' އައިސަމް ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވެ ދިޔައީ

    17:24

    ފިލިޕީނސް ޓީމުން ވެސް ބަދަލެއް. ހާރޓްމަންގެ ބަދަލުގައި އޭންޖެލް ގުއެރާޑޯ ކުޅެން ނުކުތީ

    17:22

    63' ރާއްޖެއަށް ޑަބަލް ބަދަލެއް. އަލީ ފާސިރުގެ ބަދަލުގައި ނާއިޒް އެރި އިރު އަސަދުﷲގެ ބަދަލުގައި އަޝްފާގު ކުޅެން ނުކުމެއްޖެ.

    17:20

    62' އަޝްފާގު އެރުވުމަށް ކޯޗިންގް ސްޓާފުން ހަރަކާތްތެރިވަމުން ދަނީ

    17:19

    60' އަސަދުﷲ އަށް ރީންދޫ ކާޑު ރެފްރީ ދައްކައިފި. ކުޅުންތެރިން ތިބީ ވަރުބަލިވެފައި. އަދިވެސް ބަދަލެއް ނުފެނޭ.

    17:18

    38' ފިލިޕީންސް ޓީމުން ބަދަލެއް. ސަޓޯގެ ބަދަލުގައި ކުޅެން ނުކުތީ ޑިޒޮން

    17:16

    ހިލޭ ޖެހުން ފޮނުވާލީ އަލީ ފާސިރު (ސެންޓޭ). ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށް.

    17:16

    ފިލިޕީންސް އޮތީ ދުނިޔޭގެ ރޭންކިންގްގެ 126 ވަނައިގައި.

    17:15

    56' ރާއްޖެއަށް ފިލިޕީންސް އޭރިއާ ކަނުން ހިލޭ ޖެހުމެއް.

    17:14

    54' އަލީ އަޝްފާގު އަދި ނާއިޒް މެޗަށް ނުކުތުމަށް ތަމްރީންތައް ފަށައިފި

    17:12

    ފިލިޕީންސް 1 - 0 ރާއްޖެ. ރާއްޖެ އެޓޭކް ކޮށްފައި ޑިފެންސަށް ފައިބާ އިރު ގޯސް ހެދުމުން ފިލިޕީންސް އޭގެ ފައިދާ ނަގަމުންދޭ

    17:11

    52' ފިލިޕީންސް ގޯލު. ގޯލު ޖެހީ ޖޯން ޕެޓްރިކް ސްޓްރޯސް

    17:09

    17:09

    ރާއްޖެއިން ފުލުފުލުގައި ހަމަލާތައް އިތުރު ކުރަމުންދާ އިރު ފިލިޕީންސް ޓީމަށް ޕްރެޝަރު ބޮޑު

    17:07

    49' އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު ކީޕަރު ވެސް ނައްޓުވާފައި ގޯލަށް ފޮނުވާލުމުގެ ކުރިން ޑިފެންޑަރު ސަލާމަތް ކޮށްފި

    17:05

    47' ރާއްޖެއަށް ރަނގަޅު ފުރުސަތެއް. އަސަދުﷲ ނަގައިދިން ބޯޅަ ފިލިޕީންސް ކީޕަރުގެ އަތަށް

    17:05

    45' ފިލިޕީންސްގެ ރަމްސޭ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ގޯލު ދަނޑި ކައިރިން ބޭރަށް

    17:03

    17:03

    17:02

    ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ. ކޮށްޓީ ފިލިޕީންސްއިން

    16:56

    ދެވަނަ ހާފު ފެށުމަށް ދެ ޓީމުން ވެސް ދަނީ ތައްޔާރުވަމުން.

    16:56

    16:54

    16:54

    މިއަދުގެ މެޗު ހަވީރު ކުޅެމުންދާތީ ހޫނުގައި ކުޅެން ފިލިޕީންސަށް އުނދަގޫތަކެއް ހުރިކަން ފާހަގަކޮށްލެވޭ.

    16:53

    ދެވަނަ މެޗުގައި ޗައިނާ އަތުން 0-5 އިން ބަލިވި އިރު ތިން ވަނަ މެޗުގައި ސީރިއާ އަތުން ވެސް ވަނީ ބަލިވެފަ. އެ މެޗުން ބަލިވީ 1-2 ގެ ނަތީޖާ އަކުން.

    16:52

    މި މެޗަކީ ރާއްޖެއިން ކޮލިފިކޭޝަނުގައި ކުޅޭ ހަތަރު ވަނަ މެޗު. ފުރަތަމަ މެޗުގައި ގުއާމް އަތުން ގައުމުން ބޭރުގައި 0-1 އިން ވަނީ މޮޅުވެފައި.

    16:51

    ދެވަނަ ހާފުގައި ރާއްޖޭގެ ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ.

    16:51

    ދަގަނދޭ ވަނީ އެންމެ ފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެވަނަ ހާފުގައި ނުކުމެ ތަފާތު ދައްކާފަ. އޭނަ އެ މެޗުގައި ގޯލެއް ވެސް ޖެހި.

    16:49

    ރާއްޖެ ޓީމުގެ ބެންޗުގައި ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ހަސަން ނާއިޒު (ދާދު) އެބައިން.

    16:48

    ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ރާއްޖެ 0 - 0 ފިލިޕީންސް

    16:47

    ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ވަރަށް ފިސިކަލް ކުޅުމެއް.

    16:45

    45' ރާއްޖެއަށް ކޯނަރެއް. ކޯނަރު ނަގަން ގޮސް ހުރީ ސެންޓޭ

    16:45

    އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ތިން މިނަޓު ދައްކައިފި

    16:44

    44' މިވަގުތު ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ފެންނަނީ ހަމަހަމަ ކުޅުމެއް.

    16:42

    42' ފިލިޕީންސަށް ކޯނަރެއް. ފިލިޕީންސުން ނުރައްކާ ކުރަން ފަށައިފި

    16:41

    40' ފިލިޕީންސަށް ނުރައްކާ ހިސާބަކުން އެއްލުމެއް

    16:40

    ފިލިޕީންސްއިން މަޑު މަޑުން މެޗުގެ ތެރެއަށް ވަންނަން ދަނީ މަސައްކަތް ކުރަމުން

    16:39

    38' މެދު ރޮނގާހަމައިން ފިލިޕީންސަށް ހިލޭ ޖެހުމެއް.

    16:38

    38' ފިލިޕީންސަށް މެދު ރޮނގާ ހަމައިން ހިލޭ ޖެހުމެއް

    16:37

    މިހާތަނަށް ފިލިޕީންސްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ. މެޗުގެ ކޮންޓްރޯލް އަދިވެސް އޮތީ ރާއްޖެ އަތުގައި

    16:35

    ރާއްޖޭގެ މިޑްފީލްޑް ލައިނުން ކުޅެމުން ދަނީ ވަރަށް އޮގަނައިޒްކޮށް

    16:34

    ފިލިޕީންސް ކުޅުންތެރިންނަށް ލިބޭ މަދު ފުރުސަތުތަކުގައި ނުރައްކާ ކުރޭ

    16:33

    32' ފިލޕިީންސް ޓީމުގެ ޕެޓްރިކް ރެއިކެލްޓް ފޮނުވާލި ޕެނަލްޓީ ވަރަށް ހަމަޖެހިލާފައި ފައިސަލް މަތަކޮށްފި.

    16:32

    31' ފިލިޕީންސްއަށް ޕެނަލްޓީ. ނޫމާން (ހެލްމެޓް) އަތުގައި ޖެހުމުން ރެފްރީ ދިނީ ޕެނަލްޓީއެއް.

    16:31

    23’ ބޮލުން ޖަހަން ފުންމާލި ވަގުތު އިދިކޮޅު ޓީމްގެ ޖޯން ޕެޓްރިކްގެ ބޮލުގައި އަކްރަމްގެ އުޅޮބޮށިން ޖެހި ވަނީ ފަޅައިގެން ގޮސްފައި. ރެފްރީ ވަނީ ކެޕްޓަން އަކްރަމް ރީނދޫ ކާޑެއް ދައްކާފައި

    16:29

    16:27

    28، ޕެނަލްޓީ އޭރިޔާ ތެރެއިން ރާއްޖޭގޭ ޓީމުން ކުދި ޕާސްތަކެއް ޖަހާލުމަށްފަހު އަލީ ފާސިރު ސެންޓޭ ފޮނުވާލި ހަމަލާ ހުރަސް ދަނޑި މަތިން ބޭރަށް.

    16:26

    ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑަށް ފިލިޕީންސް ޑިފެންސަށް ޕްރެޝަރު ކުރޭ. ފިލިޕީންސް މިވަގުތު ކުޅެމުން ދަނީ އެއް ކުޅުންތެރިޔަކު މަދުކޮށް

    16:25

    23’ ބޮލުން ޖަހަން ފުންމާލި ވަގުތު އިދިކޮޅު ޓީމްގެ ޖޯން ޕެޓްރިކްގެ ބޮލުގައި އަކްރަމްގެ އުޅޮބޮށިން ޖެހި ވަނީ ފަޅައިގެން ގޮސްފައި. ރެފްރީ ވަނީ ކެޕްޓަން އަކްރަމް ރީނދޫ ކާޑެއް ދައްކާފައި

    16:24

    މެޗުގެ ފޯރި ގަދަ ކުރުމުގެ ގޮތުން ސަރުކާރާއި އެފްއޭއެމް އަދި ސިޔާސީ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ.

    16:22

    މެޗު ބައްލަވާލެއްވުމަށް ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވެސް ދަނޑަށް ހާޒިރުވެފައިވޭ.

    16:22

    މި މެޗަށް އައުމުގެ ކުރިން ރާއްޖޭގެ ޓީމު ވަނީ މެލޭޝިޔާގައި ފެންވަރު ރަނގަޅު ތަމްރީންތަކެއްް ހަދާފަ

    16:21

    20، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެނީ ރާއްޖެއިން.

    16:20

    ފިލިޕީންސް ޓީމުގައި ޔޫރޮޕުގެ ގައުމުތަކަށް ކުޅެފައި ތިބި ކުޅުންތެރިން ގިނަ.

    16:18

    19، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ރަނގަޅު ފުރުސަތެއް. ހަމްޕު މަތިން ވައްޓާލި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފިލިޕީންސްއަށް ޖެހުމެއް

    16:18

    16’ ކައުންޓަރ އެޓޭކެއްގައި ފިލިޕިންސް އިން ނުރައްކާތެރި ހަމަލާއެއް. އިއަން ރަމްސޭ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ޖަހާނެ ކުޅުންތެރިއެއް ނެތި ގޯލު ކުރިމަތިން ދިޔައީ

    16:15

    ރާއްޖެ ޓީމުގެ ކޯޗަކަށް ޕީޓަރ ސެގަރޓް ހުރި އިރު ފިލިޕީންސްގެ ކޯޗަކަށް ހުރީ ސްކޮޓް ކޫޕާ

    16:14

    "14 : ސެންޓޭ ފޮނުވާލި ހަމަލާ ޑިފެންޑަރެއް ގައިގައި ޖެހި ބުލޮކް ވެއްޖެ.

    16:13

    16:12

    "12 : ހަމްޒާ މުހައްމަދު (ހަމްޕު) ވަރަށް ބާރަށް ފޮނުވާލި ބޯޅައެއް ކުޅުންތެރިއެއްގެ ގައިގައި ޖެހި ކޯނަރަކަށް ބޭރުވެއްޖެ

    16:10

    ރާއްޖެގެ ފުރަތަމަ 11.
    1. އަހްމަދު ނުއުމާން
    2. ހުސައިން ޝިފާއު ޔޫސުފް
    3. އަލީ ފާސިރު
    4. އައިސަމް އިބްރާހިމް
    5. އަސަދުﷲ އަބްދުﷲ
    6. ހަމްޒާ މުހައްމަދު
    7. އަކްރަމް އަބްދުލްޤަނީ
    8. އިބްރާހިމް މަހްދީ ހުސައިން
    9. ހައިޝަމް ހަސަން
    10. މުހައްމަދު ފައިސަލް (ކީޕަރު)
    11. ހުސައިން ނިހާން

    16:06

    "7 : ދެ ޓީމުން ވެސް މެޗު ފެށީ ވަރުގަދަޔަށް.

    16:05

    ރާއްޖެއިން މެޗުގައި ބޭނުން ކުރަމުން ދަނީ ރަސްމީ ރަތް ކުލައިގެ ޖާޒީ. ފިލިޕީންސް ކުޅެނީ އެމީހުންގެ ރަސްމީ ހުދު ކުލައިގެ ޖާޒީގައި.

    16:04

    މެޗު ފެށިއްޖެ. މެޗު ފެށީ ރާއްޖެއިން.