ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ފުރަތަމަ 11 އިން އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަނގަޑޭ) ބާކީ ކުރި އިރު އެންމެ ފަހުން ގައުމީ ޓީމް ކުޅުނު ދެ މެޗުގެ ސުކޮޑުން އެއްފަރާތްކުރި އަލީ ފާސިރު (ސެންޓޭ) ފުރަތަމަ 11 އަށް ނަގައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ފަހުން ގައުމީ ޓީމް ކުޅުނު ދެ މެޗަށް ނެގި ޓީމުން ސެންޓޭ ބާކީ ކޮށްފައިވަނީ، ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެކްޓިހަށް އޭނާ ހާޒިރު ނުވުމުންނެވެ. އެކަމުގެ އަދަބެއްގެ ގޮތުން ސެންޓޭ އާއި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ރިޒޭއާއި ސެންޓޭ ގައުމީ ޓީމުގައި އަލުން ހިމެނީ އެކަމަށް ދެ ކުޅުންތެރިން މައާފަށް އެދުމުން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. އެ ދެ ކުޅުންތެރިން އަލުން ސްކޮޑަށް ނަގާފައިވަނީ، ރަށުން ބޭރުގައި ގައުމީ ޓީމުން ސީރިއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ.

ޕިލިޕީންސްއާ ދެކޮޅަށް ނެގި ގައުމީ ސްކޮޑްގެ ފުރަތަމަ 11:

1. އަހްމަދު ނުއުމާން

2. ހުސައިން ޝިފާއު ޔޫސުފް

3. އަލީ ފާސިރު

4. އައިސަމް އިބްރާހިމް

5. އަސަދުﷲ އަބްދުﷲ

6. ހަމްޒާ މުހައްމަދު

7. އަކްރަމް އަބްދުލްޤަނީ (ކެޕްޓަން)

8. އިބްރާހިމް މަހްދީ ހުސައިން

9. ހައިޝަމް ހަސަން

10. މުހައްމަދު ފައިސަލް (ކީޕަރު)

11. ހުސައިން ނިހާން

އެންމެ ފަހުން ގައުމުން ބޭރުގައި ސީރިއާ އަތުން 2-1 އިން ގައުމީ ޓީމް ބަލި ކުރި މެޗުގައި ވެސް ދަނގަޑޭ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބް ކޮށްދިނީ ވެސް ދަނގަޑޭ އެވެ.