14 Nov 2019, 15:15
ނ. މިލަދޫގައި އާ އިންޖީނުގެއެއް އަޅަން ފެނަކަ ކޯޕަރޭޝަނުން ބީޗު ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިއަދު ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ވަހީދު އެވެ. އަދި ބީޗް ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ވާހިދު އިބްރާހިމް އެވެ.
އެ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމަން ޖެހޭނެ އެވެ.
އެ މަޝްރޫޢުގެ އަގަކީ 5.5 މިލިއަން ރުފިޔާ އެވެ.