ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް އަލަށް އައްޔަން ކުރާ ހަތް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ޕީސީބީގެ ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ފޮނުއްވީ؛

1 . ހަސަން ވަހީދު، ކުދިމާގެ، ގދ. ތިނަދޫ

2 . އާސިމް މުހައްމަދު، ގ. މެޒަރިން

3 . އާއިޝަތު ޝާޒުލީ، މ. ސެވޯއީ

4 . ރުޝާހާ އަހުމަދު ޝަރީފް، ހ. އޮއިސިސްވިޔޫ

5 . އަލީ ޝަފީއު، މ. ހުދުކަނީރުގެ

6 . އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު

7 . އަހުމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން، ޕީސީބީގެ ބޯޑުގެ މެންބަރުކަމަށް ހަތް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.