21 Nov 2011, 17:26
ބ. ކިހާދޫގައި 340 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ތިން ސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށް އަމޭން މޯލްޑިވްސްއާ ހަވާލުކުރީ 3.5 މިލިއަން ރުފިޔާ އަށެވެ.
ހައުސިން މިނިސްޓްރީން ބުނީ 12.5 މީޓަރުގެ އުސް މުންނާރެއް ހިމެނޭ ގޮތަށް އެއް ބުރިއަށް އިމާރާތްކުރާ އެ މިސްކިތް ފަރުމާކޮށްފައި ވަނީ ކަރަންޓާއި މެއިންޓެނެންސް ހަރަދު ކުޑަވާ ގޮތަށް ކަމަށެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އަމޭން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލި މަނިކެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ހައުސިން އެންޑް އެންވަޔަރުމަންޓް ޝިފާޒް އަލީ އެވެ.