ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ފުޓުބޯޅަ އިން ދުވަހަކުވެސް ދުރަށް ދާނެ ކަމަށް ގަބޫލު ނުކުރާކަމަށް އެކުލަބުގެ އެސިސްޓަންޓް ކޯޗް ކެވިން ބޮންޑް ބުނެފި އެވެ.

އުމުރުން 64 އަހަރުގެ ރެޑްނަޕް ވަނީ ދާދި ފަހުން ހިތުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މިއޮޕަރޭޝަނާއި ގުޅިގެން ޓޮޓެންހަމް ބަލަހައްޓަމުން ދިޔައީ އެކުލަބުގެ އެސިސްޓަންޓް ކޯޗް ބޮންޑް އެވެ. އޮޕަރޭޝަނަށް ފަހު މިރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ޓޮޓެންހަމްގެ ކޯޗުކަން ރެޑްނެޕް އަދާކުރާނެ އެވެ.

"މިރޭގެ މެޗުގައި ރެޑްނެޕް ކުލަބާއި ހަވާލުވާނެ ކަމަށް އުންމީދުކުރަން. މިރޭގެ މެޗަށް ރެޑްނެޕް އަންނައިރު މެޗުގެ ޕްރެޝަރާއި ކުރިމަތީލާން ޖެހޭނެ. ހިތުގެ އޮޕަރޭޝަނަށް ފަހު ވެސް ރެޑްނެޕް ފުޓުބޯޅަ އިން ދުރަށް ދާނެ ކަމަކަށް އަހަރެން ނުދެކެން." ބޮންޑް ބުންޏެވެ.