އާޖެންޓީނާގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު މޮޅު ކުޅުންތެރިއެއް ކަމަށްވާ ޑިއެގޯ މެރަޑޯނާގެ މަންމަ ޑޯނާ ޓޮޓާ މަރުވެއްޖެ އެވެ. މެރަޑޯނާގެ މަންމަ މަރުވީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އާޖެންޓީނާގެ ބިއުނެސް އޭރީސް ގައި ހުންނަ ލޮސް އާކޮސް ހޮސްޕިޓަލުގެ އައިސީޔޫ ގައި ޑޯނާ ޓޮޓާ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ޑޯނާ ޓޮޓާ ހޮސްޕިޓަލަށް ގެންދިޔަ ހަބަރާއި ގުޅިގެން އޭނާގެ ފިރިހެން ދަރި މެރަޑޯނާ އާއި ދެ އަންހެން ދަރިންނާއި މާމަ ދަރި ޖިއަނިނާ މެރަޑޯނާ ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައެވެ.

މެރަޑޯނާގެ މަންމަ އަށް ފަރުވާ ދިނުމަށްޓަކައި މީގެ ކުރިންވެސް ހޮސްޕިޓަލަށް ގެންދެވިފައި ވެއެވެ. 2003 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ހޮސްޕިޓަލަށް ގެންދެވުނު އިރު، މިއަހަރުގެ ޖުލައި އަދި އޮގަސްޓްގައި ވެސް ހޮސްޕިޓަލަށް ގެންދެވިފައި ވެއެވެ.