ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓު ފަޅާލައި، އެ ކޯޓުގެ ތިޖޫރި ވަގަށް ނަގައިފި އެވެ.

ރޭގެ ވަގުތެއްގައި ކޯޓު ފަޅާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނި، މިއަދު ހެނދުނު 11:20ގަ އެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން ތިޖޫރީގެ އިތުރުން ލެޕްޓޮޕެއް ގެއްލިފައިވާ ކަމަށެވެ. ތިޖޫރީގައި ހުރި ފައިސާގެ އަދަދު އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަދިވެސް ދަނީ އެ ސަރަހައްދުގައިގައި ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަހަރު މިހާތަނަށް ފުލުހުންގެ މުއައްސަސާއަށް 3،872 ވައްކަމުގެ މައްސަލަ ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި މި މަހު މިހާތަނަށް ހުށަހެޅި 157 މައްސަލަ ހިމެނެ އެވެ. މިދިޔަ މަހު އެ މުއައްސަސާއަށް ހުށަހެޅި ވައްކަމުގެ މައްސަލައިގައި އަދަދަކީ، 417 އެވެ.