ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ސޯލޯ އާޓް އެގްޒިބިޝަން “އިމްޕަރމަނަންސް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްލަވާލައްވައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި ކުރިޔަށްދާ އެ މައުރަޒަކީ ތަޖުރިބާކާރު އާޓިސްޓް، އަހްމަދު އާމިރުގެ އުފެއްދުންތައް ދައްކުވައިދޭ މައުރަޒެކެވެ.

ގިނަ އަދަދެއްގެ ފޮޓޯ ހިމެނޭ އެ މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

އެގޮތުން ވިއްކާ ބައެއް އުފެއްދުންތަކުގެ ތެރޭގައި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅާއި ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ހިމެނެ އެވެ.