21 Nov 2011, 13:56
ތ. ވޭމަންޑޫ ކައުންސިލްގެ މެންބަރު އަބްދުﷲ މުފީދު ޢަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވައިފި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިއަދު ބުނީ އެ ޕާޓީގެ އޮފީހުގައި މުފީދު އެ ޕާޓީ އަށް މިއަދު ސޮއި ކުރެއްވީ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި އަމީން ޢާއްމު ޑރ. މުޙައްމަދު މުޢީޒާއި ޢަދާލަތު ޕާޓީގެ ރަޖިސްޓާގެ ނައިބް އަޙްމަދު ޖިލްވާޒުގެ ހާޒިރުގައި ކަމަށެވެ.
މުފީދު ޢަދާލަތު ޕާޓީއަށް ސޮއިކުރެއްވުމާ އެކު ވޭމަންޑޫ ކައުންސިލްގައި ޢަދާލަތު ޕާޓީ ތަމްސީލްކުރާ ދެ މެންބަރުން ތިއްބަވާނެ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
މުފީދަކީ ކުރިން އެމްޑީޕީގެ މެންބަރެއް ކަމަށާއި ނަމަވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވައި ކައުންސިލް ގޮނޑިކާމިޔާބްކުރެއްވީ އަމިއްލަ ގޮތުން ކަމަށް އަދާލަތުން ބުންޏެވެ.