ބ. ފުޅަދޫގައި ބަނދަރު ހެދުމަށް ބޭނޫންވާ ސާމާނު އެމްޓީސީސީ އިން އެ ރަށަށް ފޮނުވައިފި އެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖުލައި މަހުގަ އެވެ.

މަޝްރޫއުގެ ބްރީފް:

  • 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން

  • 108 މީޓަރުގެ ބޭރު ތޮށި ލުން
  • 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
  • 223 މީޓަރުގެ އެތެރެ ތޮށި ލުން
  • މޫރިންގ ބްލޮކްސް ލުން
  • ޕޭވްމަންޓް ހެދުން

ގާތްގަނޑަކަށް 48.2 މިލިއަން ރުފިޔާ ޚަރަދުވާ އެ މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ މުއްދަތެކެވެ.