10:00


ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ޢަމަލުތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އިނގިރޭސިލިވިލާތަށް އެރުން އޭނާއަށް މަނާކޮށްފި އެވެ.


އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ތެރެސާ މޭ ވިދާޅުވެފައި ވަނީ އެ ގައުމަށް މީހަކު ވަނަނުދީ ހިފެހެއްޓުމަކީ އޭނާއަށް ލިބިވަޑައިގެންފައިވާ ހައްގެއް ކަމަށެވެ. އަދި އެ މީހެއްގެ ފަރާތުން ޓެރަރިޒަމަށާއި އިތުރު ކުށްކުށަށް ހިތްވަރުދޭނަމަ އެފަދަ މީހަކު އެ ގައުމަށް ވަނަނުދީ ހިފެހެއްޓިދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.


ބީބީސީ އަށް ދެއްވައިފައިވާ އިންޓަވިއުގައި ހޯމް ސެކްރެޓަރީ އިތުރަށް ވިދާޅުވެފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެންނަށް ވެސް ލިބިދީފައިވާ ކަމަށާއި ހިޔާލު ފާޅުކުރުމަކީ އެއްވެސް މީހަކަށް މަނާކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މީހެއް ނަމަ އެމީހަކު ވަނަ ނުދީ ހިފެހެއްޓުމަކީ އޭނާގެ ކަމެއް ކަމަށް ވެސް މޭ ވަނީ ވިދާޅުވެފަ އެވެ.


ދާދި ފަހުން ރާއްޖެ ވަޑައިގެން، ދީނީ ދަރުސްތަކެއް ދެއްވައިފައިވާ އިންޑިއާ އަށް އުފަން ދީނީ އިލްމުވެރިޔާ އިނގިރޭސި ވިލާތަށް ވަނުން މަނާކޮށްފައި މި ވަނީ ލަންޑަނާއި ޝެފީލްޑްގައި އޭނާގެ ދަރުސްތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.